نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3978 | 38 | 8 | أأنزل عليه الذكر من بيننا بل هم في شك من ذكري بل لما يذوقوا عذاب |
| | | قرآن ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ، ތިމަންރަސްކަލާނގެ قرآن އާމެދު شك އެއްގައެވެ. އަދި ކިއެއްތަ! އެއުރެންނަށް، ތިމަންރަސްކަލާނގެ عذاب ގެ ރަހަ އަދި ނުލިބެނީއެވެ. |
|
3979 | 38 | 9 | أم عندهم خزائن رحمة ربك العزيز الوهاب |
| | | ނުވަތަ ކަލޭގެފާނުގެވެރި، ގަދަފަދަވަންތަ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެ رحمة ގެ خزانة ތައް ވަނީ، އެއުރެންގެ ގާތުގައި ހެއްޔެވެ؟ |
|
3980 | 38 | 10 | أم لهم ملك السماوات والأرض وما بينهما فليرتقوا في الأسباب |
| | | ނުވަތަ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތީގެ ملك ވެރިކަންވަނީ، އެއުރެންނަށް ހެއްޔެވެ؟ އެހެންވިއްޔާ ހަރުގަނޑަކުން އުޑަށް އަރައިބަލާށެވެ! |
|
3981 | 38 | 11 | جند ما هنالك مهزوم من الأحزاب |
| | | އެއުރެންނީ އެތާނގައި (އެބަހީ: بدر ގައި) ބަލިވާނެ جماعة ގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكر އެކެވެ. |
|
3982 | 38 | 12 | كذبت قبلهم قوم نوح وعاد وفرعون ذو الأوتاد |
| | | އެއުރެންނީ އެތާނގައި (އެބަހީ: بدر ގައި) ބަލިވާނެ جماعة ގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكر އެކެވެ. |
|
3983 | 38 | 13 | وثمود وقوم لوط وأصحاب الأيكة أولئك الأحزاب |
| | | އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ. |
|
3984 | 38 | 14 | إن كل إلا كذب الرسل فحق عقاب |
| | | އެއިން ކޮންމެބަޔަކުމެ، رسول ން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެތެވެ. ފަހެ (އެއުރެންނަށް) ތިމަންރަސްކަލާނގެ عذاب حق ވެއްޖެއެވެ. |
|
3985 | 38 | 15 | وما ينظر هؤلاء إلا صيحة واحدة ما لها من فواق |
| | | އަދި އެއުރެން ބިރުވެރި އެންމެ އަޑަކަށްމެނުވީ انتظار އެއް ނުކުރެތެވެ. އެ އަޑު ތަކުރާރުވުމެއްނެތެވެ. |
|
3986 | 38 | 16 | وقالوا ربنا عجل لنا قطنا قبل يوم الحساب |
| | | އެއުރެން ބުނާނެތެވެ. އަޅަމެންގެވެރިރަސްކަލާކޮ! حساب ބައްލަވާދުވަހުގެ ކުރިން، އަޅަމެންގެ عمل ތަކުގެ ފަތް، އަޅަމެންނަށް އަވަހަށް ދެއްވާނދޭވެ! |
|
3987 | 38 | 17 | اصبر على ما يقولون واذكر عبدنا داوود ذا الأيد إنه أواب |
| | | އެއުރެން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ އަޅު، داود ގެފާނު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނީ، ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ. |
|