نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3970 | 37 | 182 | والحمد لله رب العالمين |
| | | އަދި حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ. |
|
3971 | 38 | 1 | بسم الله الرحمن الرحيم ص والقرآن ذي الذكر |
| | | ص (މިއަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، އެއީ حق ތެދެވެ.) |
|
3972 | 38 | 2 | بل الذين كفروا في عزة وشقاق |
| | | އަދި ކިއެއްތަ! كافر ވި މީހުންވަނީ ބޮޑާކަމާއި، ދެކޮޅުވެރިކަމެއްގައެވެ. |
|
3973 | 38 | 3 | كم أهلكنا من قبلهم من قرن فنادوا ولات حين مناص |
| | | އެއުރެންގެކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ ފަހެ (އެއުރެންނަށް عذاب އައިހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެ وقت އަކީ، ސަލާމަތްވާންދާނެ ތަނެއްއޮތް وقت އެއްނޫނެވެ. |
|
3974 | 38 | 4 | وعجبوا أن جاءهم منذر منهم وقال الكافرون هذا ساحر كذاب |
| | | އަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ. |
|
3975 | 38 | 5 | أجعل الآلهة إلها واحدا إن هذا لشيء عجاب |
| | | އެކަލޭގެފާނު ހުރިހާ إله ން އެއް إله އަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު عجائب ވާފަދަ ކަމެއްކަން ކަށަވަރެވެ. |
|
3976 | 38 | 6 | وانطلق الملأ منهم أن امشوا واصبروا على آلهتكم إن هذا لشيء يراد |
| | | އަދި އެއުރެންގެ (އެބަހީ: مكة ގެ كافر ންގެ) ބޮޑުން (އެ مجلس ން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إله ންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ. |
|
3977 | 38 | 7 | ما سمعنا بهذا في الملة الآخرة إن هذا إلا اختلاق |
| | | އެންމެފަހު ملّة ގައިވެސް (އެބަހީ: عيسى ގެފާނުގެ ملّة ގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެތެވެ. |
|
3978 | 38 | 8 | أأنزل عليه الذكر من بيننا بل هم في شك من ذكري بل لما يذوقوا عذاب |
| | | قرآن ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ، ތިމަންރަސްކަލާނގެ قرآن އާމެދު شك އެއްގައެވެ. އަދި ކިއެއްތަ! އެއުރެންނަށް، ތިމަންރަސްކަލާނގެ عذاب ގެ ރަހަ އަދި ނުލިބެނީއެވެ. |
|
3979 | 38 | 9 | أم عندهم خزائن رحمة ربك العزيز الوهاب |
| | | ނުވަތަ ކަލޭގެފާނުގެވެރި، ގަދަފަދަވަންތަ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެ رحمة ގެ خزانة ތައް ވަނީ، އެއުރެންގެ ގާތުގައި ހެއްޔެވެ؟ |
|