نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3945 | 37 | 157 | فأتوا بكتابكم إن كنتم صادقين |
| | | ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليل އަކަށް) ގެނެސްބަލާށެވެ! |
|
3946 | 37 | 158 | وجعلوا بينه وبين الجنة نسبا ولقد علمت الجنة إنهم لمحضرون |
| | | އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسب ގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ. |
|
3947 | 37 | 159 | سبحان الله عما يصفون |
| | | އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެ ވޮޑިގެންވެއެވެ. |
|
3948 | 37 | 160 | إلا عباد الله المخلصين |
| | | اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. |
|
3949 | 37 | 161 | فإنكم وما تعبدون |
| | | ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ. |
|
3950 | 37 | 162 | ما أنتم عليه بفاتنين |
| | | ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ. |
|
3951 | 37 | 163 | إلا من هو صال الجحيم |
| | | ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ. |
|
3952 | 37 | 164 | وما منا إلا له مقام معلوم |
| | | (ملائكة ން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ مقام އެއް ނެތިއެއް ނުވެއެވެ. |
|
3953 | 37 | 165 | وإنا لنحن الصافون |
| | | އަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ ملائكة ންނީމުއެވެ. |
|
3954 | 37 | 166 | وإنا لنحن المسبحون |
| | | އަދި ހަމަކަށަވަރުން، ތިމަންމެންނީ تسبيح ކިޔާ ملائكة ންނީމުއެވެ. |
|