نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3925 | 37 | 137 | وإنكم لتمرون عليهم مصبحين |
| | | ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. |
|
3926 | 37 | 138 | وبالليل أفلا تعقلون |
| | | ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ |
|
3927 | 37 | 139 | وإن يونس لمن المرسلين |
| | | ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. |
|
3928 | 37 | 140 | إذ أبق إلى الفلك المشحون |
| | | އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ! |
|
3929 | 37 | 141 | فساهم فكان من المدحضين |
| | | ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ. |
|
3930 | 37 | 142 | فالتقمه الحوت وهو مليم |
| | | ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. |
|
3931 | 37 | 143 | فلولا أنه كان من المسبحين |
| | | ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. |
|
3932 | 37 | 144 | للبث في بطنه إلى يوم يبعثون |
| | | ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ. |
|
3933 | 37 | 145 | فنبذناه بالعراء وهو سقيم |
| | | ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ. |
|
3934 | 37 | 146 | وأنبتنا عليه شجرة من يقطين |
| | | އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ. |
|