نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3921 | 37 | 133 | وإن لوطا لمن المرسلين |
| | | ހަމަކަށަވަރުން، لوط ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ. |
|
3922 | 37 | 134 | إذ نجيناه وأهله أجمعين |
| | | ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ! |
|
3923 | 37 | 135 | إلا عجوزا في الغابرين |
| | | عذاب ލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ. |
|
3924 | 37 | 136 | ثم دمرنا الآخرين |
| | | ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. |
|
3925 | 37 | 137 | وإنكم لتمرون عليهم مصبحين |
| | | ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. |
|
3926 | 37 | 138 | وبالليل أفلا تعقلون |
| | | ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ |
|
3927 | 37 | 139 | وإن يونس لمن المرسلين |
| | | ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ. |
|
3928 | 37 | 140 | إذ أبق إلى الفلك المشحون |
| | | އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ! |
|
3929 | 37 | 141 | فساهم فكان من المدحضين |
| | | ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ. |
|
3930 | 37 | 142 | فالتقمه الحوت وهو مليم |
| | | ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. |
|