نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3916 | 37 | 128 | إلا عباد الله المخلصين |
| | | اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. |
|
3917 | 37 | 129 | وتركنا عليه في الآخرين |
| | | އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. |
|
3918 | 37 | 130 | سلام على إل ياسين |
| | | إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. |
|
3919 | 37 | 131 | إنا كذلك نجزي المحسنين |
| | | إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. |
|
3920 | 37 | 132 | إنه من عبادنا المؤمنين |
| | | ހަމަކަަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ. |
|
3921 | 37 | 133 | وإن لوطا لمن المرسلين |
| | | ހަމަކަށަވަރުން، لوط ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ. |
|
3922 | 37 | 134 | إذ نجيناه وأهله أجمعين |
| | | ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތްކުރެއްވިހިނދު ހަނދުމަކުރާށެވެ! |
|
3923 | 37 | 135 | إلا عجوزا في الغابرين |
| | | عذاب ލިބުނު މީހުންގެ ތެރޭގައިވި، މުސްކުޅި އަންހެނަކު މެނުވީއެވެ. |
|
3924 | 37 | 136 | ثم دمرنا الآخرين |
| | | ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. |
|
3925 | 37 | 137 | وإنكم لتمرون عليهم مصبحين |
| | | ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) އެހެންމީހުން ހަލާކު ކުރެއްވީމެވެ. |
|