نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3909 | 37 | 121 | إنا كذلك نجزي المحسنين |
| | | إحسان ތެރިންނަށް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. |
|
3910 | 37 | 122 | إنهما من عبادنا المؤمنين |
| | | ހަމަކަށަވަރުން، އެ ދެބޭކަލުންވަނީ ތިމަންރަސްކަލާނގެ، مؤمن އަޅުންގެ ތެރެއިންނެވެ. |
|
3911 | 37 | 123 | وإن إلياس لمن المرسلين |
| | | ހަމަކަށަވަރުން، إلياس ގެފާނުވަނީ رسول ންގެ ތެރެއިންކަން ކަށަވަރެވެ. |
|
3912 | 37 | 124 | إذ قال لقومه ألا تتقون |
| | | އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން تقوى ވެރި ނުވާނޫހެއްޔެވެ؟ |
|
3913 | 37 | 125 | أتدعون بعلا وتذرون أحسن الخالقين |
| | | އެންމެ ފުރިހަމަޔަށް ތަކެތި ހައްދަވާ ރަސްކަލާނގެއަށް އަޅުކަންކުރުން ދޫކޮށް، ތިޔަބައިމީހުން بعل އަށް އަޅުކަންކުރަނީ ހެއްޔެވެ؟ (بعل އަކީ އެއުރެން އަޅުކަން ކުރުމަށް ހަދާފައިވާ ބުދެކެވެ.) |
|
3914 | 37 | 126 | الله ربكم ورب آبائكم الأولين |
| | | އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރި، އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެ ވެރި اللَّه އެވެ. |
|
3915 | 37 | 127 | فكذبوه فإنهم لمحضرون |
| | | ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން ކަށަވަރެވެ. |
|
3916 | 37 | 128 | إلا عباد الله المخلصين |
| | | اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. |
|
3917 | 37 | 129 | وتركنا عليه في الآخرين |
| | | އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. |
|
3918 | 37 | 130 | سلام على إل ياسين |
| | | إلياس ގެފާނުގެ މައްޗަށް سلام ހުށްޓެވެ. |
|