نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3898 | 37 | 110 | كذلك نجزي المحسنين |
| | | إحسان ތެރިންނަށް ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. |
|
3899 | 37 | 111 | إنه من عبادنا المؤمنين |
| | | ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ. |
|
3900 | 37 | 112 | وبشرناه بإسحاق نبيا من الصالحين |
| | | އަދި صالح ންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައި إسحاق ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. |
|
3901 | 37 | 113 | وباركنا عليه وعلى إسحاق ومن ذريتهما محسن وظالم لنفسه مبين |
| | | އަދި އެކަލޭގެފާނާއި، إسحاق ގެފާނުގެ މައްޗަށް ތިމަންރަސްކަލާނގެ بركات ލެއްވީމެވެ. އެ ދެބަފައިކަލުންގެ ދަރިކޮޅުން ހެޔޮކަންތައްކުރާ މީހުންނާއި، ފާޅުވެގެންވާ ގޮތުގައި އަމިއްލަ نفس އަށް އަނިޔާކުރާ މީހުންވެއެވެ. |
|
3902 | 37 | 114 | ولقد مننا على موسى وهارون |
| | | އަދި موسى ގެފާނާއި، هارون ގެފާނަށް ތިމަންރަސްކަލާނގެ (ނަބީކަމުގެ) نعمة ދެއްވީމެވެ. |
|
3903 | 37 | 115 | ونجيناهما وقومهما من الكرب العظيم |
| | | އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނާއި، އެ ދެބޭކަލުންގެ قوم ގެމީހުން ބޮޑުވެގެންވާ ހިތާމައިން ސަލާމަތް ކުރެއްވީމެވެ. |
|
3904 | 37 | 116 | ونصرناهم فكانوا هم الغالبين |
| | | އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް نصر ދެއްވީމެވެ. ފަހެ، ގަދަވިބަޔަކު ކަމުގައިވީ، ހަމައެއުރެންނެވެ. |
|
3905 | 37 | 117 | وآتيناهما الكتاب المستبين |
| | | އަދި ތިމަންރަސްކަލާނގެ އެ ދެބޭކަލުންނަށް بيان ވެގެންވާ ފޮތް (އެބަހީ: توراة) ދެއްވީމެވެ. |
|
3906 | 37 | 118 | وهديناهما الصراط المستقيم |
| | | އަދި ތިމަންރަސްކަލާނގެ، އެ ދެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ. |
|
3907 | 37 | 119 | وتركنا عليهما في الآخرين |
| | | އަދި ފަހުން އަންނަވި أمّة ތަކުގެ މެދުގައި އެ ދެބޭކަލުންނަށް ރިވެތި ثناء ލެހެއްޓެވީމެވެ. |
|