نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3877 | 37 | 89 | فقال إني سقيم |
| | | ދެން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނީ ބަލިމީހަކީމެވެ. |
|
3878 | 37 | 90 | فتولوا عنه مدبرين |
| | | ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދީ ހިނގައްޖައޫއެވެ. |
|
3879 | 37 | 91 | فراغ إلى آلهتهم فقال ألا تأكلون |
| | | ފަހެ، އެކަލޭގެފާނު އެއުރެންގެ إله ންތަކުގެ ކައިރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. ކަލޭމެން ނުކަނީހެއްޔެވެ؟ |
|
3880 | 37 | 92 | ما لكم لا تنطقون |
| | | ކަލޭމެން ބަސްނުމޮށެނީ ކީއްވެގެން ހެއްޔެވެ؟ |
|
3881 | 37 | 93 | فراغ عليهم ضربا باليمين |
| | | ފަހެ، އެކަލޭގެފާނު އެތަކެތީގެ ކައިރިޔަށް ޖެހިވަޑައިގެން ކަނާތްޕުޅުން އެތަކެތީގައި ޖެއްސެވިއެވެ. |
|
3882 | 37 | 94 | فأقبلوا إليه يزفون |
| | | ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް އަވަސްވެގަނެގެން އައޫއެވެ. |
|
3883 | 37 | 95 | قال أتعبدون ما تنحتون |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ކޮށައި މަށައިގެންހަދާ ތަކެއްޗަށް ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟ |
|
3884 | 37 | 96 | والله خلقكم وما تعملون |
| | | އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّه އެވެ. |
|
3885 | 37 | 97 | قالوا ابنوا له بنيانا فألقوه في الجحيم |
| | | އެއުރެން ބުނޫއެވެ. އެކަލޭގެފާނަށްޓަކައި ބިނާއެއް ހަދާށެވެ! (އަދި އެތަނަށް ދަރުއަޅައި ރޯކޮށްފައި) ދެން ގަދަ އަލިފާންގަނޑުގެ ތެރެޔަށް އެކަލޭގެފާނު އެއްލާށެވެ! |
|
3886 | 37 | 98 | فأرادوا به كيدا فجعلناهم الأسفلين |
| | | ފަހެ، އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. އަދި ދެރަވެ ނިކަމެތިވި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. |
|