نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3865 | 37 | 77 | وجعلنا ذريته هم الباقين |
| | | އަދި ދެންތިބި ބަޔަކީ، އެކަލޭގެފާނުގެ ދަރިކޮޅުކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. |
|
3866 | 37 | 78 | وتركنا عليه في الآخرين |
| | | އަދި ފަހުން އަންނަނިވި أمّة ތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ثناء ލެހެއްޓެވީމެވެ. |
|
3867 | 37 | 79 | سلام على نوح في العالمين |
| | | عالم ތަކުގައި نوح ގެފާނުގެ މައްޗަށް سلام ހުށްޓެވެ. |
|
3868 | 37 | 80 | إنا كذلك نجزي المحسنين |
| | | إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ. |
|
3869 | 37 | 81 | إنه من عبادنا المؤمنين |
| | | ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންރަސްކަލާނގެ مؤمن އަޅުންގެ ތެރެއިންނެވެ. |
|
3870 | 37 | 82 | ثم أغرقنا الآخرين |
| | | ދެން ތިމަންރަސްކަލާނގެ އެހެންމީހުން (އެބަހީ: كافر ން) غرق ކުރެއްވީމެވެ. |
|
3871 | 37 | 83 | وإن من شيعته لإبراهيم |
| | | ހަމަކަށަވަރުން، އެކަލޭގެފާނުންގެ ގޮތަށް تبع ވެގެންވާ މީހުންގެ ތެރެއިން إبراهيم ގެފާނުވެއެވެ. |
|
3872 | 37 | 84 | إذ جاء ربه بقلب سليم |
| | | (އެއީ) ސަލާމަތުންވާ ހިތަކާއިގެން އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް توجّه ވެވަޑައިގެންނެވި ހިނދުގައެވެ. |
|
3873 | 37 | 85 | إذ قال لأبيه وقومه ماذا تعبدون |
| | | (އެއީ) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުންގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން ތިޔަ އަޅުކަންކުރަނީ ކޮންއެއްޗަކަށް ހެއްޔެވެ؟ |
|
3874 | 37 | 86 | أئفكا آلهة دون الله تريدون |
| | | اللَّه ފިޔަވައި ދޮގު إله ންތަކަކަށް ތިޔަބައިމީހުން އެދެނީ ހެއްޔެވެ؟ |
|