نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3855 | 37 | 67 | ثم إن لهم عليها لشوبا من حميم |
| | | ދެން ހަމަކަށަވަރުން، އޭގެމައްޗަށް ކެކިކެކިހުންނަ ހޫނުފެނުގެ ގިރުމެއް (އެބަހީ: زقّوم އާއި ހޫނުފެނާ އެކުވެފައިވާ ދިޔަވަރެއްް) އެއުރެންނަށްވާކަން ކަށަވަރެވެ. |
|
3856 | 37 | 68 | ثم إن مرجعهم لإلى الجحيم |
| | | ދެން ހަމަކަށަވަރުން، އެއުރެން އެނބުރި ދިޔުންވަނީ ނަރަކަޔަށްކަން ކަށަވަރެވެ. |
|
3857 | 37 | 69 | إنهم ألفوا آباءهم ضالين |
| | | ހަމަކަށަވަރުން، އެއުރެންގެ ކާބަފައިން މަގުފުރެދިފައިވާތީ، އެއުރެން ދުށްޓެވެ. |
|
3858 | 37 | 70 | فهم على آثارهم يهرعون |
| | | ފަހެ، އެއުރެން އެ ކާބަފައިންގެ ފިޔަވަޅުތަކުގެ މަތީގައި ހިނގައިދިޔުމަށް އަވަސްވެގަނެތެވެ. |
|
3859 | 37 | 71 | ولقد ضل قبلهم أكثر الأولين |
| | | ހަމަކަށަވަރުން، އިސްވެދިޔަމީހުންކުރެ ގިނަމީހުން އޭގެކުރިންވަނީ މަގުފުރެދިފައެވެ. |
|
3860 | 37 | 72 | ولقد أرسلنا فيهم منذرين |
| | | އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ތެރެޔަށް إنذار ކުރައްވާ رسول ން ފޮނުއްވީމެވެ. |
|
3861 | 37 | 73 | فانظر كيف كان عاقبة المنذرين |
| | | ފަހެ، إنذار ވެވުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! |
|
3862 | 37 | 74 | إلا عباد الله المخلصين |
| | | اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ. |
|
3863 | 37 | 75 | ولقد نادانا نوح فلنعم المجيبون |
| | | ހަމަކަށަވަރުން، نوح ގެފާނު ތިމަންރަސްކަލާނގެއަށް (އެހީއަށްއެދި) ގޮވައިލެއްވިއެވެ. ފަހެ (އެކަލޭގެފާނަށް) އިޖާބަދެއްވި ރަސްކަލާނގެ މޮޅުކަމާއެވެ! |
|
3864 | 37 | 76 | ونجيناه وأهله من الكرب العظيم |
| | | އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ބޮޑުވެގެންވާ ހިތާމައިން (އެބަހީ: غرق ން) ސަލާމަތްކުރެއްވީމެވެ. |
|