نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3815 | 37 | 27 | وأقبل بعضهم على بعض يتساءلون |
| | | އަދި އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ. |
|
3816 | 37 | 28 | قالوا إنكم كنتم تأتوننا عن اليمين |
| | | (މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ. |
|
3817 | 37 | 29 | قالوا بل لم تكونوا مؤمنين |
| | | އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން مؤمن ން ކަމުގައި ނުވަމުއެވެ. |
|
3818 | 37 | 30 | وما كان لنا عليكم من سلطان بل كنتم قوما طاغين |
| | | އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބަައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ. |
|
3819 | 37 | 31 | فحق علينا قول ربنا إنا لذائقون |
| | | ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ عذاب ގެ ބަސްފުޅު حق ވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ عذاب ގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ. |
|
3820 | 37 | 32 | فأغويناكم إنا كنا غاوين |
| | | ފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ. |
|
3821 | 37 | 33 | فإنهم يومئذ في العذاب مشتركون |
| | | ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން عذاب ގައި ބައިވެރިވެގެންވާ މީހުންނެވެ. |
|
3822 | 37 | 34 | إنا كذلك نفعل بالمجرمين |
| | | ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ. |
|
3823 | 37 | 35 | إنهم كانوا إذا قيل لهم لا إله إلا الله يستكبرون |
| | | ހަމަކަށަވަރުން، اللَّه މެނުވީ إله އަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ. |
|
3824 | 37 | 36 | ويقولون أئنا لتاركو آلهتنا لشاعر مجنون |
| | | އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إله ންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟ |
|