نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
380 | 3 | 87 | أولئك جزاؤهم أن عليهم لعنة الله والملائكة والناس أجمعين |
| | | އެއުރެންގެ ޖަޒާއަކީ، ހަމަކަށަވަރުން اللَّه އާއި، ملائكة ންނާއި، އެންމެހައި މީސްތަކުންގެ لعنة އެއުރެންގެ މައްޗަށް ލެއްވުމެވެ. |
|
381 | 3 | 88 | خالدين فيها لا يخفف عنهم العذاب ولا هم ينظرون |
| | | އެއުރެން، އެ لعنة ގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާނެތެވެ. އަދި، އެއުރެންނަށް (عذاب ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ. |
|
382 | 3 | 89 | إلا الذين تابوا من بعد ذلك وأصلحوا فإن الله غفور رحيم |
| | | އެއަށްފަހު، توبة ވެ (عمل ތައް) إصلاح ކޮށްފި މީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފުފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. |
|
383 | 3 | 90 | إن الذين كفروا بعد إيمانهم ثم ازدادوا كفرا لن تقبل توبتهم وأولئك هم الضالون |
| | | ހަމަކަށަވަރުން، އެއުރެން إيمان ވުމަށްފަހު، كافر ވެ، ދެން كافر ކަން އިތުރުވީ މީހުންގެ توبة قبول ނުކުރައްވާހުށްޓެވެ. އަދި، އެއުރެންނަކީ ހަމަ މަގުފުރެދިފައިވާ މީހުންނެވެ. |
|
384 | 3 | 91 | إن الذين كفروا وماتوا وهم كفار فلن يقبل من أحدهم ملء الأرض ذهبا ولو افتدى به أولئك لهم عذاب أليم وما لهم من ناصرين |
| | | ހަމަކަށަވަރުން، كافر ވެ، އަދި كافر ން ކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހައި ރަނުން فدية ދިން ކަމުގައިވިޔަސް، އެއިން އެކެއްގެ ކިބައިންވެސް އެކަން قبول ނުކުރައްވާހުށްޓެވެ. އެއުރެންނަށް، ވޭންދެނިވި عذاب ހުށްޓެވެ. އަދި، އެއުރެންނަށް نصر ދޭނޭ އެއްވެސްބަޔަކު ނުވެއެވެ. |
|
385 | 3 | 92 | لن تنالوا البر حتى تنفقوا مما تحبون وما تنفقوا من شيء فإن الله به عليم |
| | | ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، اللَّه އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެތެވެ. |
|
386 | 3 | 93 | كل الطعام كان حلا لبني إسرائيل إلا ما حرم إسرائيل على نفسه من قبل أن تنزل التوراة قل فأتوا بالتوراة فاتلوها إن كنتم صادقين |
| | | توراة ބާވައިލެއްވުމުގެ ކުރިން، إسـرآءيـل ގެފާނު އެކަލޭގެފާނުގެ އަމިއްލަ نفس ގެ މައްޗަށް حرام ކުރެއްވި ތަކެތި ފިޔަވައި، އެންމެހާ ކާތަކެތި އެއީ، إسـرآءيـل ގެދަރިންނަށް حلال ތަކެތި ކަމުގައިވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަަ، ފަހެ، ތިޔަބައިމީހުން توراة ގެނެސް އެ ކިޔައިބަލާށެވެ! |
|
387 | 3 | 94 | فمن افترى على الله الكذب من بعد ذلك فأولئك هم الظالمون |
| | | އެޔަށްފަހު، اللَّه އާމެދު ހަދައިގެން ދޮގު ބުނިމީހާ، (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. |
|
388 | 3 | 95 | قل صدق الله فاتبعوا ملة إبراهيم حنيفا وما كان من المشركين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! اللَّه وحى ކުރެއްވީ ތެދުބަސްފުޅެވެ. ފަހެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުންގެ دين އަށް ތިޔަބައިމީހުން تبع ވާށެވެ! އަދި، އެކަލޭގެފާނު مشرك ންގެ ތެރެޔަކުން ނުވެއެވެ. |
|
389 | 3 | 96 | إن أول بيت وضع للناس للذي ببكة مباركا وهدى للعالمين |
| | | ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި، (އަޅުކަމުގެ) ގެޔަކީ، مكة ގައިވާ ގެފުޅުކަން ކަށަވަރެވެ. بركات ލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި، عالم ތަކަށް ތެދުމަގެއް ކަމުގައެވެ. |
|