نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3778 | 36 | 73 | ولهم فيها منافع ومشارب أفلا يشكرون |
| | | އަދި މަންފާތަކާއި، ބުއިންތައް އެ ތަކެތީގައި އެއުރެންނަށްޓަކައިވެއެވެ. ފަހެ، އެއުރެން شكر ނުކުރަނީ ހެއްޔެވެ؟ |
|
3779 | 36 | 74 | واتخذوا من دون الله آلهة لعلهم ينصرون |
| | | އަދި އެއުރެންނަށް نصر ލިބޭތޯ اللَّه ފިޔަވައި އެހެން إله ންތަކެއް ހިފިއެވެ. |
|
3780 | 36 | 75 | لا يستطيعون نصرهم وهم لهم جند محضرون |
| | | އެތަކެއްޗަކަށް އެއުރެންނަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އެތަކެއްޗަށް (خدمة ކުރުމުގައި) حاضر ކުރައްވާފައިވާ لشكر އެއް ކަމުގައި އެއުރެންވާ حال ގައެވެ. |
|
3781 | 36 | 76 | فلا يحزنك قولهم إنا نعلم ما يسرون وما يعلنون |
| | | ފަހެ، އެއުރެން ދައްކާ ވާހަކަ ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް ދެނެވޮޑިގެންވަމެވެ. |
|
3782 | 36 | 77 | أولم ير الإنسان أنا خلقناه من نطفة فإذا هو خصيم مبين |
| | | ހަމަކަށަވަރުން، މަނިތިއްކަކުން ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވިކަން، އެ އިންސާނާއަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، އެހާރުން އޭނާވަނީ ފާޅުވެ ބަޔާންވެގެންވާ ދެކޮޅުވެރިޔަކު ކަމުގައެވެ. |
|
3783 | 36 | 78 | وضرب لنا مثلا ونسي خلقه قال من يحيي العظام وهي رميم |
| | | އަދި އެ އިންސާނާ ތިމަންރަސްކަލާނގެއަށް مثال އެއް ޖެއްސެވެ. އަދި އޭނާ ހެއްދެވިގޮތް އޭނާ ހަނދުމަނައްތައިލީއެވެ. އޭނާ ބުންޏެވެ. ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟ |
|
3784 | 36 | 79 | قل يحييها الذي أنشأها أول مرة وهو بكل خلق عليم |
| | | ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ مخلوق ންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3785 | 36 | 80 | الذي جعل لكم من الشجر الأخضر نارا فإذا أنتم منه توقدون |
| | | އެކަލާނގެއީ، ފެހިކުލައިގެ ގަހުން ތިޔަބައިމީހުންނަށްޓަކައި އަލިފާންލެއްވި ރަސްކަލާނގެއެވެ. ފަހެ، އެހާރުން ތިޔަބައިމީހުން އެ ގަސްގަހުން އަލިފާން ރޯކޮށް އުޅެމުއެވެ. |
|
3786 | 36 | 81 | أوليس الذي خلق السماوات والأرض بقادر على أن يخلق مثلهم بلى وهو الخلاق العليم |
| | | އެއުރެންފަދަ ބަޔަކު ހެއްދެވުމަށް އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟ ނޫނެކެވެ! އެކަލާނގެއީ، އެންމެހާ ތަކެތި ހައްދަވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3787 | 36 | 82 | إنما أمره إذا أراد شيئا أن يقول له كن فيكون |
| | | އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ. |
|