نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3746 | 36 | 41 | وآية لهم أنا حملنا ذريتهم في الفلك المشحون |
| | | އެއުރެންނަށް ހެތްކެއްވެއެވެ. އެއީ ހަމަކަށަވަރުން، ބަރާވެގެންވާ ނަވުގައި ތިމަންރަސްކަލާނގެ އެއުރެންގެ ދަރިފަސްކޮޅު އުފުއްލަވައިދެއްވިކަމެވެ. |
|
3747 | 36 | 42 | وخلقنا لهم من مثله ما يركبون |
| | | އަދި އެފަދަ ތަކެތިން، އެއުރެން އަރައިގެން ދުއްވާނެ ތަކެތި އެއުރެންނަށްޓަކައި ތިމަންރަސްކަލާނގެ ހައްދަވައިދެއްވީމެވެ. |
|
3748 | 36 | 43 | وإن نشأ نغرقهم فلا صريخ لهم ولا هم ينقذون |
| | | އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން غرق ކުރައްވައިފާހުށީމެވެ. ފަހެ، އެހިނދު، އެއުރެންނަށް އެހީވާނެ ފަރާތެއް ނުވެއެވެ. އަދި ސަލާމަތްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުމެވޭމެއެވެ. |
|
3749 | 36 | 44 | إلا رحمة منا ومتاعا إلى حين |
| | | ތިމަންރަސްކަލާނގެ حضرة ން އައި رحمة އެއްގެ ގޮތުގައްޔާއި، ކަނޑައަޅުއްވާފައިވާ مدة އަކާ ޖެހެންދެން، ދެއްވާ، ދުނިޔޭގެ ވަގުތީ އުފަލެއްގެ ގޮތުގައި މެނުވީއެވެ. |
|
3750 | 36 | 45 | وإذا قيل لهم اتقوا ما بين أيديكم وما خلفكم لعلكم ترحمون |
| | | އަދި ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެތެވެ. |
|
3751 | 36 | 46 | وما تأتيهم من آية من آيات ربهم إلا كانوا عنها معرضين |
| | | އަދި އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية އެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ. |
|
3752 | 36 | 47 | وإذا قيل لهم أنفقوا مما رزقكم الله قال الذين كفروا للذين آمنوا أنطعم من لو يشاء الله أطعمه إن أنتم إلا في ضلال مبين |
| | | އަދި ތިޔަބައިމީހުންނަށް اللَّه ދެއްވާފައިވާ ތަކެތިން ހޭދަކޮށްއުޅޭށޭ އެއުރެންނަށް އަންގަވައިފިނަމަ، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. اللَّه އިރާދަކުރައްވާނަމަ، އެމީހަކަށް ކާންދެއްވާނެ މީހަކަށް، ތިމަންމެން ކާންދޭންވީހެއްޔެވެ؟ ފާޅުވެގެންވާ މަގުފުރެދުމެއްގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ. |
|
3753 | 36 | 48 | ويقولون متى هذا الوعد إن كنتم صادقين |
| | | އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟ |
|
3754 | 36 | 49 | ما ينظرون إلا صيحة واحدة تأخذهم وهم يخصمون |
| | | ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ. އެއުރެން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެއުރެން ގެންދާނެތެވެ. |
|
3755 | 36 | 50 | فلا يستطيعون توصية ولا إلى أهلهم يرجعون |
| | | ފަހެ (އެހިނދު) އެއްވެސް وصية އެއް ކުރާކަށް އެއުރެންނަކަށް ކުޅަދާނައެއް ނުވާނެތެވެ. އަދި އެއުރެންގެ أهل ވެރިންގެ ގާތަކަށް އެއުރެން އެނބުރި ނުމެއަންނާނޭމެއެވެ. |
|