نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3714 | 36 | 9 | وجعلنا من بين أيديهم سدا ومن خلفهم سدا فأغشيناهم فهم لا يبصرون |
| | | އަދި ތިމަންރަސްކަލާނގެ އެއުރެންގެ ކުރިމަތިން ހުރަހަކާއި، އެއުރެންގެ ފުރަގަހުން ހުރަހެއް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންގެ ލޯތަކުގައި ފަރުދާއެއް ލެއްވީމެވެ. ދެން އެއުރެންނަކަށް ނުފެންނާނެތެވެ. |
|
3715 | 36 | 10 | وسواء عليهم أأنذرتهم أم لم تنذرهم لا يؤمنون |
| | | އަދި ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ އެއުރެންނަށް ކަލޭގެފާނު إنذار ނުކުރެއްވިޔަސް، އެއުރެންނަށް ހަމަހަމަވެގެންވެއެވެ. އެއުރެން إيمان އެއް ނުވާނެތެވެ. |
|
3716 | 36 | 11 | إنما تنذر من اتبع الذكر وخشي الرحمن بالغيب فبشره بمغفرة وأجر كريم |
| | | ކަލޭގެފާނު إنذار ކުރައްވާކަން ކަށަވަރީ، قرآن އަށް تبع ވެ، غيب ގައި رحمن ވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު ދެއްވާށެވެ! |
|
3717 | 36 | 12 | إنا نحن نحيي الموتى ونكتب ما قدموا وآثارهم وكل شيء أحصيناه في إمام مبين |
| | | ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ. |
|
3718 | 36 | 13 | واضرب لهم مثلا أصحاب القرية إذ جاءها المرسلون |
| | | ރަށެއްގެ أهل ވެރިންގެ ވާހަކަ مثال އެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް رسول ން ވަޑައިގަތްހިނދުގައެވެ. |
|
3719 | 36 | 14 | إذ أرسلنا إليهم اثنين فكذبوهما فعززنا بثالث فقالوا إنا إليكم مرسلون |
| | | ތިމަންރަސްކަލާނގެ އެއުރެންގެ ގާތަށް ދެ رسول ން ފޮނުއްވިހިނދެެވެ. ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބޭކަލަކު ފޮނުއްވުމުން، އެ ދެބޭކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންނެވެ. |
|
3720 | 36 | 15 | قالوا ما أنتم إلا بشر مثلنا وما أنزل الرحمن من شيء إن أنتم إلا تكذبون |
| | | އެއުރެން ބުނޫއެވެ. ތިމަންމެންފަދަ آدم ގެދަރިން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. އަދި رحمن ވަންތަ ރަސްކަލާނގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. |
|
3721 | 36 | 16 | قالوا ربنا يعلم إنا إليكم لمرسلون |
| | | އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ رسول ންކަން، ތިމަންމެންގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. |
|
3722 | 36 | 17 | وما علينا إلا البلاغ المبين |
| | | އަދި بيان ވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ. |
|
3723 | 36 | 18 | قالوا إنا تطيرنا بكم لئن لم تنتهوا لنرجمنكم وليمسنكم منا عذاب أليم |
| | | އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަަ ތިމަންމެން ތިޔަބޭކަލުން رجم ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި عقوبات ލިބިދާހުށިކަން ކަށަވަރެވެ. |
|