نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3680 | 35 | 20 | ولا الظلمات ولا النور |
| | | އަދި އަނދިރިކަމާއި، އަލިކަމާވެސް ހަމަހަމަވެގެން ނުވެތެވެ. |
|
3681 | 35 | 21 | ولا الظل ولا الحرور |
| | | އަދި ހިޔަލާއި، ގަދަ އަތްވާވެސް ހަމަހަމަވެގެން ނުވެތެވެ. |
|
3682 | 35 | 22 | وما يستوي الأحياء ولا الأموات إن الله يسمع من يشاء وما أنت بمسمع من في القبور |
| | | އަދި ދިރިތިބި ތަކެއްޗާއި، މަރުވެފައިވާ ތަކެއްޗާ ހަމަހަމަވެގެން ނުވެތެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިއްވަވައިދެއްވަތެވެ. އަދި ކަށްވަޅުތަކުގައިވާ މީހުންނަށް އިއްވަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެތެވެ. |
|
3683 | 35 | 23 | إن أنت إلا نذير |
| | | إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. |
|
3684 | 35 | 24 | إنا أرسلناك بالحق بشيرا ونذيرا وإن من أمة إلا خلا فيها نذير |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حق ދީނާއިގެން ކަލޭގެފާނު ފޮނުއްވީ، އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި އެ أمّة އަކަށް إنذار ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް أمّة އެއް ނުވެތެވެ. |
|
3685 | 35 | 25 | وإن يكذبوك فقد كذب الذين من قبلهم جاءتهم رسلهم بالبينات وبالزبر وبالكتاب المنير |
| | | އަދި އެއުރެން ކަލޭގެފާނު ދޮގުކުރާނަމަ، ފަހެ، އެއުރެންގެ ކުރީގެ މީހުންވެސް ހަމަކަށަވަރުން (رسول ން) ދޮގުކުޅައޫއެވެ. އެއުރެންގެ ގާތަށް އެއުރެންގެ رسول ން ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއި، ލިޔުއްވާފައިވާ ފޮތްތަކާއި، އަލިކުރަނިވި ފޮތާއިގެންނެވެ. |
|
3686 | 35 | 26 | ثم أخذت الذين كفروا فكيف كان نكير |
| | | ދެން ތިމަންރަސްކަލާނގެ، كافر ވިމީހުން ހިއްޕަވައި ގެންދެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
3687 | 35 | 27 | ألم تر أن الله أنزل من السماء ماء فأخرجنا به ثمرات مختلفا ألوانها ومن الجبال جدد بيض وحمر مختلف ألوانها وغرابيب سود |
| | | ހަމަކަށަވަރުން، اللَّه އުޑުން ފެން ވެއްސެވިކަން ތިބާ ނުދަންނަމުހެއްޔެވެ؟ ފަހެ، ކުލަތައް ތަފާތުވެގެންވާ މޭވާތައް، އެ ފެނުގެ ސަބަބުން ތިމަންރަސްކަލާނގެ ނެރުއްވީމެވެ. އަދި ފަރުބަދަތަކުގެ ތެރޭގައި ހުދުކުލައާއި، ރަތްކުލައާއި، ކަޅުކަންގަދަ ކަޅުކުލައާއި، އަދި ކުލަތައް ތަފާތުވެގެންވާ މަގުތައް ހުރި ފަރުބަދަތައްވެއެވެ. |
|
3688 | 35 | 28 | ومن الناس والدواب والأنعام مختلف ألوانه كذلك إنما يخشى الله من عباده العلماء إن الله عزيز غفور |
| | | އަދި މީސްތަކުންގެ ތެރެއިންނާއި، ދިރޭ ތަކެތީގެ ތެރެއިންނާއި، نعم ސޫފީގެ ތެރެއިންވެސް ހަމައެފަދައިން ކުލަތައް ތަފާތުވެގެންވާ ތަކެތިވެއެވެ. اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. |
|
3689 | 35 | 29 | إن الذين يتلون كتاب الله وأقاموا الصلاة وأنفقوا مما رزقناهم سرا وعلانية يرجون تجارة لن تبور |
| | | ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު قائم ކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. |
|