نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3666 | 35 | 6 | إن الشيطان لكم عدو فاتخذوه عدوا إنما يدعو حزبه ليكونوا من أصحاب السعير |
| | | ހަމަކަށަވަރުން، شيطان އާއަކީ، ތިޔަބައިމީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ. |
|
3667 | 35 | 7 | الذين كفروا لهم عذاب شديد والذين آمنوا وعملوا الصالحات لهم مغفرة وأجر كبير |
| | | كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. އަދި إيمان ވެ صالح عمل ކުޅަ މީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ. |
|
3668 | 35 | 8 | أفمن زين له سوء عمله فرآه حسنا فإن الله يضل من يشاء ويهدي من يشاء فلا تذهب نفسك عليهم حسرات إن الله عليم بما يصنعون |
| | | ފަހެ، އެމީހެއްގެ ނުބައި عمل، އެމީހަކަށް ޒީނަތްތެރިކުރެވި އަދި އެއީ ރަނގަޅު عمل ކަމުގައި ދެކެފި މީހާ (ތެދުމަގު ލިބުނުމީހާއާ އެއްފަދަހެއްޔެވެ؟) ފަހެ، ހަމަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. ފަހެ، އެއުރެންގެ މައްޗަށް ހިތާމަކުރެއްވުމުގައި، ކަލޭގެފާނުގެ نفس ހަލާކުވިޔަނުދެއްވާށެވެ! ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3669 | 35 | 9 | والله الذي أرسل الرياح فتثير سحابا فسقناه إلى بلد ميت فأحيينا به الأرض بعد موتها كذلك النشور |
| | | އަދި اللَّه އީ، ވައިރޯޅި ފޮނުއްވި ރަސްކަލާނގެއެވެ. ފަހެ، އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަންރަސްކަލާނގެ އެ ވިލާތައް ގެންދެވީމެވެ. ފަހެ، ބިންގަނޑު މަރުވެފައި އޮތުމަށްފަހު، އެ ވިލާތަކުގެ ފެނުން ތިމަންރަސްކަލާނގެ އެ ބިން ދިރުއްވީމެވެ. (قيامة ދުވަހުން) އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ. |
|
3670 | 35 | 10 | من كان يريد العزة فلله العزة جميعا إليه يصعد الكلم الطيب والعمل الصالح يرفعه والذين يمكرون السيئات لهم عذاب شديد ومكر أولئك هو يبور |
| | | عزّة ތެރިކަން އެދޭމީހާ (ދަންނާށެވެ!) ފަހެ، އެންމެހާ عزّة، މިލްކުވެގެންވަނީ اللَّه އަށެވެ. ރަނގަޅު ބަސްތައް އުފުލިގެންދަނީ، އެކަލާނގެ حضرة އަށެވެ. އަދި صالح عمل އެކަލާނގެ حضرة އަށް އުފުލައްވަތެވެ. އަދި ނުބައި ކަންތައް ރާވައިހަދާ މީހުންނަށް، ގަދަވެގެންވާ عذاب ހުށްޓެވެ. އަދި، ގެއްލި ހަލާކުވެދާނީ ހަމައެއުރެންގެ ރޭވުންތަކެވެ. |
|
3671 | 35 | 11 | والله خلقكم من تراب ثم من نطفة ثم جعلكم أزواجا وما تحمل من أنثى ولا تضع إلا بعلمه وما يعمر من معمر ولا ينقص من عمره إلا في كتاب إن ذلك على الله يسير |
| | | ވެލިން، ދެން މަނިތިއްކަކުން، ތިޔަބައިމީހުން ހެއްދެވީ اللَّه އެވެ. ދެން ދެ ޖިންސުގެ މީހުން ކަމުގައި އެކަލާނގެ ތިޔަބައިމީހުން ލެއްވިއެވެ. އަދި އެކަލާނގެ ދެނެވޮޑިގަތުމާއެކުގައި މެނުވީ، އަންހެނަކު މާބަނޑެއް ނުވެތެވެ. އަދި ނުވެސް ވިހާމެއެވެ. އަދި ފޮތެއްގައި ކަނޑައަޅުއްވާފައިވާ ގޮތުން މެނުވީ، عمر ދިގު މީހެއްގެ عمر ދިގުވެގެން ނުދެތެވެ. އަދި އޭނާގެ عمر ކުރުވެގެންވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ. |
|
3672 | 35 | 12 | وما يستوي البحران هذا عذب فرات سائغ شرابه وهذا ملح أجاج ومن كل تأكلون لحما طريا وتستخرجون حلية تلبسونها وترى الفلك فيه مواخر لتبتغوا من فضله ولعلكم تشكرون |
| | | ދެކަނޑު ހަމަހަމަވެގެން ނުވެތެވެ. (އެބަހީ: ކަނޑުގެ ލޮނުގަނޑާއި ކޯރުގެ މީރު ފެން، ހަމަހަމަވެގެނެއް ނުވެތެވެ.) މިއީ މީރުކަން ބޮޑު، ބުއިމަށް ފަސޭހަ މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ހިތި ފެނެވެ. އަދި އެއިން ކޮންމެ ތަނަކުން ތިޔަބައިމީހުން ތާޒާ މަސްކަމުއެވެ. އަދި ތިޔަބައިމީހުން އަޅައި އުޅޭ ގަހަނާ އެ ކަނޑުން ނެރެމުއެވެ. އަދި އެ ކަނޑުގައި ގޮސްއައިސްވާ އުޅަނދުތައް ތިބާ ދެކޭނޫއެވެ. (އެއީ) ތިޔަބައިމީހުން އެކަލާނގެ فضل ވަންތަކަމުން އެދިގަތުމަށްޓަކައެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. |
|
3673 | 35 | 13 | يولج الليل في النهار ويولج النهار في الليل وسخر الشمس والقمر كل يجري لأجل مسمى ذلكم الله ربكم له الملك والذين تدعون من دونه ما يملكون من قطمير |
| | | އެކަލާނގެ ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު خدمة ތެރިކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ اللَّه އެވެ. (އެކަލާނގެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ. |
|
3674 | 35 | 14 | إن تدعوهم لا يسمعوا دعاءكم ولو سمعوا ما استجابوا لكم ويوم القيامة يكفرون بشرككم ولا ينبئك مثل خبير |
| | | ތިޔަބައިމީހުން އެފަރާތްތަކަށް ގޮވިޔަސް، އެފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެތެވެ. އަދި އެގޮވުން އެފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން شريك ކުޅަކަމާމެދު قيامة ދުވަހުން އެފަރާތްތައް إنكار ކުރާނެތެވެ. خبر ތައް މޮޅަށް ދެނެވޮޑިގެންވާކަލާނގެ ފަދައިން ކަލޭގެފާނަށް خبر ދޭނެ ހަމަ އެކަކުވެސް ނެތެވެ. |
|
3675 | 35 | 15 | يا أيها الناس أنتم الفقراء إلى الله والله هو الغني الحميد |
| | | އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. |
|