نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3650 | 34 | 44 | وما آتيناهم من كتب يدرسونها وما أرسلنا إليهم قبلك من نذير |
| | | އަދި އެއުރެން ކިޔަވައިއުޅޭނެ ފޮތްތަކެއް، ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުދެއްވަމެވެ. އަދި އެއުރެންގެގާތަށް ބިރުވެރިކަމުގެ خبر ދެއްވާ އެއްވެސް رسول އަކު ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުން ނުފޮނުއްވަމެވެ. |
|
3651 | 34 | 45 | وكذب الذين من قبلهم وما بلغوا معشار ما آتيناهم فكذبوا رسلي فكيف كان نكير |
| | | އަދި އެއުރެންގެ ކުރީގެ މީހުންވެސް ދޮގުކުރޫއެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި އާރާއި ބާރުގެ ދިހަބައިކުޅައެއްބަޔާ ހަމަޔަށްވެސް އެއުރެންނެއް (އެބަހީ: مكة ގެ مشرك ން) ނުފޯރަތެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން ދޮގުކުޅައޫއެވެ. ފަހެ، ތިމަންރަސްކަލާނގެ إنكار ކުރެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟ |
|
3652 | 34 | 46 | قل إنما أعظكم بواحدة أن تقوموا لله مثنى وفرادى ثم تتفكروا ما بصاحبكم من جنة إن هو إلا نذير لكم بين يدي عذاب شديد |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް نصيحة ތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން اللَّه އަށްޓަކައި (حق މަގު ހޯދުމުގައި) قائم ވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) ގެ ކިބައިގައި އެއްވެސް މޮޔަކަމެއްނެތެވެ. ގަދަވެގެންވާ عذاب އެއްގެކުރިން އެއާމެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ خبر ދެއްވާ رسول އަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. |
|
3653 | 34 | 47 | قل ما سألتكم من أجر فهو لكم إن أجري إلا على الله وهو على كل شيء شهيد |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ކިބައިން އެއްވެސް އުޖޫރަައަކަށް ތިމަންއެދިފައިވާނަމަ، ފަހެ، އެއީ ތިޔަބައިމީހުންނަށެވެ. ތިމަންނައަށް ދަރުމަދެއްވުން اللَّه އަށް މެނުވީ ނުވެތެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3654 | 34 | 48 | قل إن ربي يقذف بالحق علام الغيوب |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ حق ގޮތް ފޮނުއްވަތެވެ. (އެކަލާނގެއީ) غيب ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3655 | 34 | 49 | قل جاء الحق وما يبدئ الباطل وما يعيد |
| | | ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل އަަކަށް (އެއްވެސް އެއްޗެއް) ނުއުފެއްދޭނެތެވެ. އަދި إعادة އެއްވެސް ނުމެކުރެވޭނެމެއެވެ. |
|
3656 | 34 | 50 | قل إن ضللت فإنما أضل على نفسي وإن اهتديت فبما يوحي إلي ربي إنه سميع قريب |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން މަގުފުރެދިއްޖެނަމަ، ފަހެ، ތިމަން މަގުފުރެދޭކަން ކަށަވަރީ، ތިމަންގެ އަމިއްލަ نفس ގެ މައްޗަށެވެ. (އެބަހީ: އެކަމުގެ ގެއްލުންހުރީ ތިމަންގެ އަމިއްލަ نفس އަށެވެ.) އަދި ތިމަންނާއަށް ތެދުމަގު ލިބިއްޖެނަމަ، ފަހެ، އެއީ ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއަށް އިއްވަވާ وحى ގެ ސަބަބުންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3657 | 34 | 51 | ولو ترى إذ فزعوا فلا فوت وأخذوا من مكان قريب |
| | | އެއުރެން (قيامة ދުވަހު) ބިރުން ސިހިގެންދާހިނދު ކަލޭގެފާނު ދެކެވައިގަންނަވާނެނަމައެވެ. ފަހެ، އެހިނދު ސަލާމަތްވެގެން ދިއުމެއްނެތެވެ. އަދި ގާތުގައިވާ ތަނަކުން އެއުރެން ހިއްޕަވައި ގެންދަވާނެތެވެ. |
|
3658 | 34 | 52 | وقالوا آمنا به وأنى لهم التناوش من مكان بعيد |
| | | އަދި އެއުރެން ބުނާނެތެވެ. ތިމަންމެން (މިހާރު) އެ قرآن އަށް إيمان ވެއްޖައީމެވެ. ދުރުގައިވާ ތަނަކުން އެ إيمان ކަން އެއުރެންނަށް ލިބޭނީ ކިހިނަކުން ހެއްޔެވެ؟ |
|
3659 | 34 | 53 | وقد كفروا به من قبل ويقذفون بالغيب من مكان بعيد |
| | | މީގެކުރިން އެއުރެންވަނީ އެ قرآن އަށް كافر ވެފައިކަން ކަށަވަރެވެ. އަދި ނުފެންނަ ކަންތަކާމެދު ދުރުތަނަކުން އެއުރެން ހީއެއްގެ މައްޗަށް ވާހަކަދައްކައި އުޅުނޫއެވެ. |
|