نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3643 | 34 | 37 | وما أموالكم ولا أولادكم بالتي تقربكم عندنا زلفى إلا من آمن وعمل صالحا فأولئك لهم جزاء الضعف بما عملوا وهم في الغرفات آمنون |
| | | އަދި ތިޔަބައިމީހުންގެ މުދާވިޔަސް، އަދި ދަރިންވިޔަސް، އެއީ ތިމަންރަސްކަލާނގެ حضرة އަށް ތިޔަބައިމީހުން ކުއްތަންކުރާކަމެއް ކަމުގައި ނުވެތެވެ. إيمان ވެ صالح عمل ކޮށްފިމީހާ މެނުވީއެވެ. ފަހެ، އެއުރެންކުޅަ ހެޔޮ عمل އަށް ގިނަގުނަވެގެންވާ ثواب އެއުރެންނަށް ހުށްޓެވެ. އަދި ސުވަރުގޭގެ މަތިވެރި ދަރަޖައިގައި، އެއުރެންވަނީ أمان ކަން ލިބިގެންވާ ބަޔަކުކަމުގައެވެ. |
|
3644 | 34 | 38 | والذين يسعون في آياتنا معاجزين أولئك في العذاب محضرون |
| | | އަދި ތިމަންރަސްކަލާނގެ آية ތަކާމެދު ދެކޮޅުހަދަން މަސައްކަތްކުރާ މީހުން (ދަންނާށެވެ!) އެއުރެން عذاب ގެތެރެޔަށް حاضر ކުރައްވާނެތެވެ. |
|
3645 | 34 | 39 | قل إن ربي يبسط الرزق لمن يشاء من عباده ويقدر له وما أنفقتم من شيء فهو يخلفه وهو خير الرازقين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ. |
|
3646 | 34 | 40 | ويوم يحشرهم جميعا ثم يقول للملائكة أهؤلاء إياكم كانوا يعبدون |
| | | އެކަލާނގެ އެއުރެން އެންމެން محشر އަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ދެން އެކަލާނގެ ملائكة ންނަށް وحى ކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އަޅުކަންކުރާ ކަމުގައިވީ މިތިބަމީހުން ހެއްޔެވެ؟ |
|
3647 | 34 | 41 | قالوا سبحانك أنت ولينا من دونهم بل كانوا يعبدون الجن أكثرهم بهم مؤمنون |
| | | އެ ملائكة ން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އެއުރެންނެއްނޫނެވެ. އަދި ކިއެއްތަ! އެއުރެން އަޅުކަންކުރާ ކަމުގައިވީ ޖިންނީންނަށެވެ. އެއުރެންކުރެ ގިނަމީހުންވަނީ، އެ ޖިންނީންނަށް إيمان ވެގެންނެވެ. |
|
3648 | 34 | 42 | فاليوم لا يملك بعضكم لبعض نفعا ولا ضرا ونقول للذين ظلموا ذوقوا عذاب النار التي كنتم بها تكذبون |
| | | ފަހެ، މިއަދު ތިޔަބައިމީހުންކުރެ އެއްބަޔަކަށް އަނެއްބަޔަކު މަންފާއެއް ކުރުމެއްވިޔަސް، ނުވަތަ ގެއްލުމެއް ދިނުންވިޔަސް، މިލްކުވެގެންނެއް ނުވެތެވެ. އަދި އަނިޔާވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ وحى ކުރައްވާހުށީމެވެ. ތިޔަބައިމީހުން ދޮގުކޮށްއުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! |
|
3649 | 34 | 43 | وإذا تتلى عليهم آياتنا بينات قالوا ما هذا إلا رجل يريد أن يصدكم عما كان يعبد آباؤكم وقالوا ما هذا إلا إفك مفترى وقال الذين كفروا للحق لما جاءهم إن هذا إلا سحر مبين |
| | | އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ ކާބަފައިން އަޅުކަންކޮށްއުޅުނު ތަކެތިން، ތިޔަބައިމީހުން އެއްކިބާކުރުމަށް قصد ކޮށްގެންއުޅޭ މީހަކުކަމުގައި މެނުވީ، މީނާ (އެބަހީ: رسول އާ) ނުވެތެވެ. އަދި އެއުރެން ބުނެތެވެ. އަމިއްލައަށް އުފައްދާފައިވާ ދޮގެއް ކަމުގައި މެނުވީ މި (قرآن) ނުވެތެވެ. އަދި އެއުރެންނަށް، حق قرآن އައިހިނދު، އެ قرآن އާމެދު كافر ވިމީހުން ބުނޫއެވެ. ފާޅުވެގެންވާ ޖާދޫއެއްކަމުގައި މެނުވީ މި ނުވެތެވެ. |
|
3650 | 34 | 44 | وما آتيناهم من كتب يدرسونها وما أرسلنا إليهم قبلك من نذير |
| | | އަދި އެއުރެން ކިޔަވައިއުޅޭނެ ފޮތްތަކެއް، ތިމަންރަސްކަލާނގެ އެއުރެންނަކަށް ނުދެއްވަމެވެ. އަދި އެއުރެންގެގާތަށް ބިރުވެރިކަމުގެ خبر ދެއްވާ އެއްވެސް رسول އަކު ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުން ނުފޮނުއްވަމެވެ. |
|
3651 | 34 | 45 | وكذب الذين من قبلهم وما بلغوا معشار ما آتيناهم فكذبوا رسلي فكيف كان نكير |
| | | އަދި އެއުރެންގެ ކުރީގެ މީހުންވެސް ދޮގުކުރޫއެވެ. އަދި އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި އާރާއި ބާރުގެ ދިހަބައިކުޅައެއްބަޔާ ހަމަޔަށްވެސް އެއުރެންނެއް (އެބަހީ: مكة ގެ مشرك ން) ނުފޯރަތެވެ. ފަހެ، އެއުރެން ތިމަންރަސްކަލާނގެ ފޮނުއްވި رسول ން ދޮގުކުޅައޫއެވެ. ފަހެ، ތިމަންރަސްކަލާނގެ إنكار ކުރެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟ |
|
3652 | 34 | 46 | قل إنما أعظكم بواحدة أن تقوموا لله مثنى وفرادى ثم تتفكروا ما بصاحبكم من جنة إن هو إلا نذير لكم بين يدي عذاب شديد |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް نصيحة ތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން اللَّه އަށްޓަކައި (حق މަގު ހޯދުމުގައި) قائم ވެތިބުމަށެވެ. ދެން ތިޔަބައިމީހުން ވިސްނައި ފިކުރުކުރުމަށެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) ގެ ކިބައިގައި އެއްވެސް މޮޔަކަމެއްނެތެވެ. ގަދަވެގެންވާ عذاب އެއްގެކުރިން އެއާމެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ خبر ދެއްވާ رسول އަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. |
|