نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3573 | 33 | 40 | ما كان محمد أبا أحد من رجالكم ولكن رسول الله وخاتم النبيين وكان الله بكل شيء عليما |
| | | ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
3574 | 33 | 41 | يا أيها الذين آمنوا اذكروا الله ذكرا كثيرا |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ! |
|
3575 | 33 | 42 | وسبحوه بكرة وأصيلا |
| | | އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް تسبيح ކިޔައި އުޅޭށެވެ! |
|
3576 | 33 | 43 | هو الذي يصلي عليكم وملائكته ليخرجكم من الظلمات إلى النور وكان بالمؤمنين رحيما |
| | | އެކަލާނގެއީ، ތިޔަބައިމީހުންގެ މައްޗަށް رحمة ލައްވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ملائكة ން ތިޔަބައިމީހުންގެ ފާފަފުއްސެވުމަށްއެދި دعاء ކުރައްވަތެވެ. އެއީ كافر ކަމުގެ އަނދިރިކަމުން إيمان ކަމުގެ އަލިކަމުގެ ތެރެޔަށް އެކަލާނގެ ތިޔަބައިމީހުން ނެރުއްވުމަށްޓަކައެވެ. އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ. |
|
3577 | 33 | 44 | تحيتهم يوم يلقونه سلام وأعد لهم أجرا كريما |
| | | އެކަލާނގެއާ އެއުރެން ބައްދަލުވާދުވަހު (އެބަހީ: قيامة ދުވަހު) އެއުރެންގެ تحيّة އަކީ سلام އެވެ. އަދި ދީލަތިވެގެންވާ ދަރުމަ (އެބަހީ: ސުވަރުގެ) އެއުރެންނަށްޓަކައި އެކަލާނގެ ތައްޔާރު ކުރެއްވިއެވެ. |
|
3578 | 33 | 45 | يا أيها النبي إنا أرسلناك شاهدا ومبشرا ونذيرا |
| | | އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. |
|
3579 | 33 | 46 | وداعيا إلى الله بإذنه وسراجا منيرا |
| | | އަދި اللَّه ގެ دين އަށް، އެކަލާނގެ أمر ފުޅާއެކު (މީސްތަކުންނަށް) ގޮވައިލައްވާ ބޭކަލަކު ކަމުގައްޔާއި (އެއުރެންގެ މަގަށް) އަލިކުރާ ވޮށެއްފަދަ ބޭކަލަކު ކަމުގައެވެ. |
|
3580 | 33 | 47 | وبشر المؤمنين بأن لهم من الله فضلا كبيرا |
| | | އަދި ހަމަކަށަވަރުން، اللَّه ގެ حضرة ން ބޮޑުވެގެންވާ فضل ވަންތަކަން އެއުރެންނަށް ހުރިކަމަށް مؤمن ންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ! |
|
3581 | 33 | 48 | ولا تطع الكافرين والمنافقين ودع أذاهم وتوكل على الله وكفى بالله وكيلا |
| | | އަދި كافر ންނާއި، منافق ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! އަދި އެއުރެންގެ އުނދަގޫތައް (ފަރުވާލެއް ނުބަހައްޓަވައި) ދޫކޮށްލައްވާށެވެ! އަދި اللَّه އަށް وكيل ކުރައްވާށެވެ! އަދި وكيل އަކު ކަމުގައި اللَّه ފުދެތެވެ. |
|
3582 | 33 | 49 | يا أيها الذين آمنوا إذا نكحتم المؤمنات ثم طلقتموهن من قبل أن تمسوهن فما لكم عليهن من عدة تعتدونها فمتعوهن وسرحوهن سراحا جميلا |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، مؤمن އަންހެނުންނާ ކާވެނިކޮށް، ދެން އެކަނބަލުންގެ ގާތުގައި ރޭކުރުމުގެ ކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، عدّة ގެ ގޮތުން ތިޔަބައިމީހުން ގުނާނެ ދުވަސްތަކެއް އެކަނބަލުންގެ މައްޗަށް ތިޔަބައިމީހުންނަކަށް ނުވެތެވެ. ފަހެ، އެކަނބަލުންގެ ހިތްހަމަޖެއްސުމުގެގޮތުން ކޮންމެވެސް އެއްޗެއް (އެބަހީ: متعة އެއް) ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! އަދި ތިޔަބައިމީހުން ރީތިވެގެންވާ ދޫކޮށްލުމަކުން އެކަނބަލުން ދޫކޮށްލާށެވެ! (ނޯޓު: މިއީ ރަނެއް ކަނޑައަޅާފައިނުވާނަމަ، އޮންނަގޮތެވެ. ރަނެއް ކަނޑައަޅާފައި އޮތްނަމަ، އޭގެ ދެބައިކުޅައެއްބައި ދޭންޖެހޭނެއެވެ.) |
|