نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3473 | 31 | 4 | الذين يقيمون الصلاة ويؤتون الزكاة وهم بالآخرة هم يوقنون |
| | | އެއުރެންނީ ނަމާދު قائم ކޮށް، زكاة ދީ، އަދި آخرة ދުވަހާމެދު يقين ކުރާ މީހުންނެވެ. |
|
3474 | 31 | 5 | أولئك على هدى من ربهم وأولئك هم المفلحون |
| | | އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގެއްގެ މަތީގައެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ. |
|
3475 | 31 | 6 | ومن الناس من يشتري لهو الحديث ليضل عن سبيل الله بغير علم ويتخذها هزوا أولئك لهم عذاب مهين |
| | | ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި عذاب އެއުރެންނަށްހުށްޓެވެ. |
|
3476 | 31 | 7 | وإذا تتلى عليه آياتنا ولى مستكبرا كأن لم يسمعها كأن في أذنيه وقرا فبشره بعذاب أليم |
| | | އަދި އެމީހަކަށް ތިމަންރަސްކަލާނގެ آية ތައް ކިޔަވައިދެވޭހިނދު، ބޮޑާވެގަންނަ حال (އެއަށް) ފުރަގަސްދީ އެނބުރި ހިނގައިދެއެވެ. އެ آية ތައް އެމީހަކަށް ނީވޭފަދައެވެ. އެމީހާގެ ދެކަންފަތުގައި ބީރުކަމެއް ހުރިފަދަމެއެވެ. ފަހެ، އެމީހަކަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު ދެއްވާށެވެ! |
|
3477 | 31 | 8 | إن الذين آمنوا وعملوا الصالحات لهم جنات النعيم |
| | | ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރި މީހުން (ދަންނާށެވެ!) އެއުރެންނަށް نعمة ގެ ސުވަރުގެތައްހުށްޓެވެ. |
|
3478 | 31 | 9 | خالدين فيها وعد الله حقا وهو العزيز الحكيم |
| | | އެ ސުވަރުގެތަކުގައި ދެމިތިބެނިވި ގޮތުގައެވެ. އެއީ، اللَّه ގެ حق وعد ފުޅެވެ. އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. |
|
3479 | 31 | 10 | خلق السماوات بغير عمد ترونها وألقى في الأرض رواسي أن تميد بكم وبث فيها من كل دابة وأنزلنا من السماء ماء فأنبتنا فيها من كل زوج كريم |
| | | ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އެކަލާނގެ އުޑުތައް ހެއްދެވިއެވެ. އަދި ތިޔަބައިމީހުންނާއިގެން އެ ބިން ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ހިނގާބިނގާ އުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭ ތަކެތި އެބިމުގައި ފެތުރުއްވިއެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ފެންވެއްސެވީމެވެ. ދެން އޭގެ ސަބަބުން އެ ބިމުގައި މަންފާ ގިނަ ރަނގަޅު ހުރިހާ ބާވަތަކުން، ގަސްގަހާގެހި ފެޅުއްވީމެވެ. |
|
3480 | 31 | 11 | هذا خلق الله فأروني ماذا خلق الذين من دونه بل الظالمون في ضلال مبين |
| | | މިއީ اللَّه ގެ ހެއްދެވުމެވެ. އެކަލާނގެ ރަސްކަންފުޅުނޫން ފަރާތްތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ، ދައްކައިބަލާށެވެ! އަދި ކިއެއްތަ! مشرك ންވަނީ ބަޔާންވެގެންވާ މަގުފުރެދުމެއްގެ ތެރޭގައެވެ. |
|
3481 | 31 | 12 | ولقد آتينا لقمان الحكمة أن اشكر لله ومن يشكر فإنما يشكر لنفسه ومن كفر فإن الله غني حميد |
| | | ހަމަކަށަވަރުން، ތިމަންރަސްކަލާނގެ لقمان ގެފާނަށް حكمة ދެއްވީމެވެ. އަދި اللَّه އަށް شكر ކުރުމަށް އެންގެވީމެވެ. އަދި شكر ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ شكر ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. އަދި كافر ވިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، حمد ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3482 | 31 | 13 | وإذ قال لقمان لابنه وهو يعظه يا بني لا تشرك بالله إن الشرك لظلم عظيم |
| | | އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. |
|