نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3451 | 30 | 42 | قل سيروا في الأرض فانظروا كيف كان عاقبة الذين من قبل كان أكثرهم مشركين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން ކުރިން އުޅުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންތޯ ތިޔަބައިމީހުން ބަލައި ވިސްނާށެވެ! އޭގެތެރެއިން ގިނަމީހުން مشرك ން ކަމުގައިވޫއެވެ. |
|
3452 | 30 | 43 | فأقم وجهك للدين القيم من قبل أن يأتي يوم لا مرد له من الله يومئذ يصدعون |
| | | ފަހެ (އެއްވެސް މީހަކަށް) اللَّه ގެ حضرة ން ރައްދުކުރެއްވުމެއްނުވާ ދުވަހެއް އައުމުގެކުރިން، ކަލޭގެފާނުގެ މޫނުފުޅު ސީދާވެގެންވާ دين އަށް ކުރިމަތިކުރައްވާށެވެ! އެދުވަހުން އެއުރެން (ދެބަޔަކަށް) ބައިވެގެންދާނެތެވެ. |
|
3453 | 30 | 44 | من كفر فعليه كفره ومن عمل صالحا فلأنفسهم يمهدون |
| | | كافر ވި މީހާ (ދަންނާށެވެ!) ފަހެ، އޭނާގެ كافر ކަން އޮންނާނީ، އޭނާގެ މައްޗަށެވެ. އަދި صالح عمل ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ نفس ތަކަށްޓަކައި އެއުރެން މަގު ހޯދައެވެ. |
|
3454 | 30 | 45 | ليجزي الذين آمنوا وعملوا الصالحات من فضله إنه لا يحب الكافرين |
| | | (އެއީ) إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް ޖަޒާ ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެ، كافر ންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ. |
|
3455 | 30 | 46 | ومن آياته أن يرسل الرياح مبشرات وليذيقكم من رحمته ولتجري الفلك بأمره ولتبتغوا من فضله ولعلكم تشكرون |
| | | އުފާވެރިކަމުގެ خبر ދެނިވި ގޮތުގައި، ވައިރޯޅި ފޮނުއްވާކަން އެއީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. (އެއީ) ތިޔަބައިމީހުންނަށް އެކަލާނގެ رحمة ގެ ރަހަ ދެއްކެވުމަށާއި، އެކަލާނގެ أمر ފުޅަށް އުޅަނދުތައް ދުވުމަށާއި، އެކަލާނގެ فضل ވަންތަކަމުން ތިޔަބައިމީހުން އެދިގަތުމަށެވެ. އަދި ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ. |
|
3456 | 30 | 47 | ولقد أرسلنا من قبلك رسلا إلى قومهم فجاءوهم بالبينات فانتقمنا من الذين أجرموا وكان حقا علينا نصر المؤمنين |
| | | ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް އެބޭކަލުންގެ قوم ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. ފަހެ، އެބޭކަލުން އެއުރެންގެގާތަށް ވަޑައިގަތީ، ފާޅުވެގެންވާ ހެކިތަކާއިގެންނެވެ. ފަހެ (އެބޭކަލުން ދޮގުކޮށް) ފާފަކުރި މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. އަދި مؤمن ންނަށް نصر ދެއްވުމަކީ، ތިމަންރަސްކަލާނގެ މައްޗަށްއޮތް حق އެއް ކަމުގައިވެއެވެ. |
|
3457 | 30 | 48 | الله الذي يرسل الرياح فتثير سحابا فيبسطه في السماء كيف يشاء ويجعله كسفا فترى الودق يخرج من خلاله فإذا أصاب به من يشاء من عباده إذا هم يستبشرون |
| | | اللَّه އީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ نعمة ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ حاصل ކޮށްގަނެތެވެ. |
|
3458 | 30 | 49 | وإن كانوا من قبل أن ينزل عليهم من قبله لمبلسين |
| | | އަދި އޭގެކުރިން އެއުރެންގެ މައްޗަށް ވާރޭ ވެއްސެވުމުގެކުރިން އުންމީދު ކެނޑި، މާޔޫސްވެފައި ތިބިބަޔަކު ކަމުގައި އެއުރެންވޫއެވެ. |
|
3459 | 30 | 50 | فانظر إلى آثار رحمت الله كيف يحيي الأرض بعد موتها إن ذلك لمحيي الموتى وهو على كل شيء قدير |
| | | ފަހެ، اللَّه ގެ رحمة ގެ އަސަރުތައް ދެކެބަލާށެވެ! ބިންގަނޑު މަރުވުމަށްފަހު، (ވާރޭގެ ސަބަބުން) އެކަލާނގެ އެ ބިންގަނޑު ދިރުއްވަނީ ކޮންފަދައަކުން ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލާނގެއީ، މަރުވެފައިވާ މީހުން ދިރުއްވާ ރަސްކަލާނގެކަން ކަށަވަރެވެ. އެކަލާނގެއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
|
3460 | 30 | 51 | ولئن أرسلنا ريحا فرأوه مصفرا لظلوا من بعده يكفرون |
| | | (اللَّه ފޮނުއްވި رحمة ގެ ސަބަބުން ބިމުންފަޅައި ހެދިގަތް ގަސްތަކުގެ މައްޗަށް) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވައިރޯޅިއެއް ފޮނުއްވައި (އޭގެ ސަބަބުން) އެ ގަސްތައް ދޮންވެ، ހިކިގެންދާތަން އެއުރެންނަށް ފެނިއްޖެނަމަ، އޭގެފަހުންވެސް އެއުރެން كافر ވުމުގައި ދެމިތިބޭކަން ކަށަވަރެވެ. |
|