نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3419 | 30 | 10 | ثم كان عاقبة الذين أساءوا السوأى أن كذبوا بآيات الله وكانوا بها يستهزئون |
| | | ދެން ނުބައިކޮށް ކަންތައްކުރި މީހުންގެ ނިމުންވީ (އެއުރެންނަށް ލިބުނު) އެންމެ ނުބައި ޖަޒާއަށެވެ. އެއީ އެއުރެން اللَّه ގެ آية ތައް ދޮގުކޮށް، އެ آية ތަކަށް ފުރައްސާރަކޮށް އުޅުނު ބަޔަކު ކަމުގައިވީތީއެވެ. |
|
3420 | 30 | 11 | الله يبدأ الخلق ثم يعيده ثم إليه ترجعون |
| | | (ނެތުމުގެތެރެއިން) خلق ތަކުން އަލަށް އުފައްދަވައި، ދެން އަލުން އެ إعادة ކުރައްވަނީ اللَّه އެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ. |
|
3421 | 30 | 12 | ويوم تقوم الساعة يبلس المجرمون |
| | | އަދި قيامة ދުވަސް އަންނަހިނދު، ކުށްވެރިންގެ އުންމީދު ކެނޑިދެއެވެ. |
|
3422 | 30 | 13 | ولم يكن لهم من شركائهم شفعاء وكانوا بشركائهم كافرين |
| | | (اللَّه ފިޔަވައި) އެއުރެން އަޅުކަންކޮށް شريك ކޮށް އުޅުނު އެއްވެސް ފަރާތެއް އެއީ، އެއުރެންނާމެދު شفاعة ތެރިވާ ބަޔަކު ކަމުގައި ނުވިއެވެ. އަދި އެއުރެން އަޅުކަންކޮށް شريك ކޮށް އުޅުނު ފަރާތްތަކުގެ ސަބަބުން އެއުރެންވީ كافر ން ކަމުގައެވެ. |
|
3423 | 30 | 14 | ويوم تقوم الساعة يومئذ يتفرقون |
| | | قيامة ވާ ދުވަހު އެއުރެން (އެބަހީ: މީސްތަކުން) އެދުވަހުން ދެބަޔަކަށް ބައިވެގެން ދާނެތެވެ. |
|
3424 | 30 | 15 | فأما الذين آمنوا وعملوا الصالحات فهم في روضة يحبرون |
| | | ފަހެ، إيمان ވެ، صالح عمل ތައް ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންވާހުށީ، އުފާވެ، نعمة ލިބޭ حال، (ސުވަރުގޭގެ) ބަގީޗާއެއްގައެވެ. |
|
3425 | 30 | 16 | وأما الذين كفروا وكذبوا بآياتنا ولقاء الآخرة فأولئك في العذاب محضرون |
| | | އަދި كافر ވެ ތިމަންރަސްކަލާނގެ آية ތަކާއި، آخرة އާ ބައްދަލުވާނޭކަން ދޮގުކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެންވާހުށީ عذاب ގެ ތެރެޔަށް حاضر ކުރައްވާފައެވެ. |
|
3426 | 30 | 17 | فسبحان الله حين تمسون وحين تصبحون |
| | | ފަހެ، ތިޔަބައިމީހުން ރޭގަނޑުގެ ތެރެޔަށް ވަންނަހިނދުގައްޔާއި، ފަތިހުގެ ތެރެޔަށް ތިޔަބައިމީހުން ވަންނަހިނދު، اللَّه އަށް تسبيح ކިޔައި ނަމާދުކުރާށެވެ! |
|
3427 | 30 | 18 | وله الحمد في السماوات والأرض وعشيا وحين تظهرون |
| | | އުޑުތަކާއި، ބިމުގައި އެންމެހާ تعريف އާއި ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި އަނދިރިވަމުން އަންނަ ވަގުތުގައްޔާއި، ތިޔަބައިމީހުން މެންދުރުގެ ތެރެއަށް ވަންނަހިނދުގައި (اللَّه އަށް ތިޔަބައިމީހުން تسبيح ކިޔައި ނަމާދުކުރާށެވެ!) |
|
3428 | 30 | 19 | يخرج الحي من الميت ويخرج الميت من الحي ويحيي الأرض بعد موتها وكذلك تخرجون |
| | | މަރުވެފައިވާ ތަކެތިން ދިރޭ ތަކެތި އެކަލާނގެ ނެރުއްވަތެވެ. އަދި ދިރޭ ތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަތެވެ. އަދި ބިން މަރުވެ އޮތުމަށްފަހު އެ ބިން ދިރުއްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) ނެރުއްވާހުށީވެސް ހަމައެފަދައިންނެވެ. |
|