نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3334 | 28 | 82 | وأصبح الذين تمنوا مكانه بالأمس يقولون ويكأن الله يبسط الرزق لمن يشاء من عباده ويقدر لولا أن من الله علينا لخسف بنا ويكأنه لا يفلح الكافرون |
| | | އަދި އިއްޔެ އޭނާގެ ދަރަޖައަށް (އެބަހީ: قارون ގެ މުދާވެރިކަމަށާއި ދަރަޖައަށް) އެދުނުމީހުން ބުނާކަމުގައިވިއެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ اللَّه، އެކަލާނގެ އަޅުތަކުންކުރެ އިރާދަކުރެއްވި އަޅަކަށް رزق ތަނަވަސް ކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރެއްވި އަޅަކަށް رزق) ދަތިކުރައްވަތެވެ. اللَّه، އަޅަމެންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިނުގަތްނަމަ، އަޅަމެންވެސް ގަންބަވައިގަންނަވައިފީހެވެ. ކަލެޔަކަށް ނުފެނޭހެއްޔެވެ؟ كافر ންނެއް ނުދިނޭނެތެވެ. |
|
3335 | 28 | 83 | تلك الدار الآخرة نجعلها للذين لا يريدون علوا في الأرض ولا فسادا والعاقبة للمتقين |
| | | އެއީ آخرة ގެ (نعمة ގެ) ގޮވައްޗެވެ. އެ ގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި فساد ކުރުމެއްވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުންވަނީ تقوى ވެރިންނަށެވެ. |
|
3336 | 28 | 84 | من جاء بالحسنة فله خير منها ومن جاء بالسيئة فلا يجزى الذين عملوا السيئات إلا ما كانوا يعملون |
| | | ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ثواب (آخرة ގައި) ހުށްޓެވެ. އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ނުބައިކަންތައް ކުރިމީހުންނަށް އެއުރެން ކޮށްއުޅުނު عمل ތަކަށް މެނުވީ ޖަޒާއެއް ނުލިބޭހުށްޓެވެ. |
|
3337 | 28 | 85 | إن الذي فرض عليك القرآن لرادك إلى معاد قل ربي أعلم من جاء بالهدى ومن هو في ضلال مبين |
| | | ހަމަކަށަވަރުން، ކަލޭގެފާނަށް قرآن ބާވައިލެއްވި ރަސްކަލާނގެ ކަލޭގެފާނުގެ އުފަން ރަށަށް (އެބަހީ: مكة އަށް) ކަލޭގެފާނު އަނބުރާ ފޮނުއްވާ ހުށްޓެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގާއިގެން އައިމީހާއާއި، ފާޅުވެގެންވާ ފުރެދުމެއްގައިވާމީހާ، އެންމެ މޮޅަށް ދެނެވޮޑިގެންވަނީ، އަހުރެންގެ ވެރިރަސްކަލާނގެއެވެ. |
|
3338 | 28 | 86 | وما كنت ترجو أن يلقى إليك الكتاب إلا رحمة من ربك فلا تكونن ظهيرا للكافرين |
| | | އަދި ކަލޭގޭފާނަށް ފޮތް ބާވައިލައްވާނެ ކަމަކަށް ކަލޭގެފާނު އުންމީދެއް ނުކުރައްވަމުއެވެ. އެހެނެއްކަމަކު ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ން އެ ފޮތް ކަލޭގެފާނަށް ބާވައިލެއްވިއެވެ. ފަހެ، ކަލޭގެފާނު އެއްވެސް حال އެއްގައި كافر ންނަށް ވާގިވެރިޔަކު ކަމުގައި ވެވަޑައިނުގަންނަވާ ހުށިކަމެވެ! |
|
3339 | 28 | 87 | ولا يصدنك عن آيات الله بعد إذ أنزلت إليك وادع إلى ربك ولا تكونن من المشركين |
| | | އަދި اللَّه ގެ آية ތައް ކަލޭގެފާނަށް ބާވައިލެއްވުމަށްފަހުގައި، އެ آية ތަކުން އެއުރެން ކަލޭގެފާނު އެއްކިބާކުރިޔަ ނުދެއްވާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ دين އަށް (މީސްތަކުންނަށް) ގޮވައިލައްވާށެވެ! އަދި مشرك ންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާ ހުށިކަމެވެ! |
|
3340 | 28 | 88 | ولا تدع مع الله إلها آخر لا إله إلا هو كل شيء هالك إلا وجهه له الحكم وإليه ترجعون |
| | | އަދި اللَّه އާ އެކުގައި އެހެން إله އަކަށް ތިބާ دعاء ކޮށް އަޅުކަން ނުކުރާށެވެ! އެކަލާނގެ މެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެއެވެ. އެކަލާނގެ ذات ފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެދާހުށްޓެވެ. ނިޔާކުރެއްވުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީވެސް އެކަލާނގެ حضرة އަށެވެ. |
|
3341 | 29 | 1 | بسم الله الرحمن الرحيم الم |
| | | ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) |
|
3342 | 29 | 2 | أحسب الناس أن يتركوا أن يقولوا آمنا وهم لا يفتنون |
| | | މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ |
|
3343 | 29 | 3 | ولقد فتنا الذين من قبلهم فليعلمن الله الذين صدقوا وليعلمن الكاذبين |
| | | އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. |
|