نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3314 | 28 | 62 | ويوم يناديهم فيقول أين شركائي الذين كنتم تزعمون |
| | | އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ތިޔަބައިމީހުން ހީކޮށްގެން އުޅުނު ތަކެތި ކޮބައިހެއްޔެވެ؟ |
|
3315 | 28 | 63 | قال الذين حق عليهم القول ربنا هؤلاء الذين أغوينا أغويناهم كما غوينا تبرأنا إليك ما كانوا إيانا يعبدون |
| | | އެއުރެންގެ މައްޗަށް (ކޯފާގެ) ބަސްފުޅު حق ވީ މީހުން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! މިތިބީ އަޅަމެން މަގުފުރެއްދި މީހުންނެވެ. އަޅަމެން، އެއުރެން މަގުފުރެއްދީ، އަޅަމެންވެސް މަގުފުރެދުނު ފަދައިންނެވެ. އިބަރަސްކަލާނގެ حضرة އަށް އެއުރެންގެ ކިބައިން އަޅަމެން ބަރީއަވެއްޖައީމުއެވެ. އެއުރެން އަޅުކަންކޮށް އުޅުނީ އަޅަމެންނަކަށް ނޫނެވެ. |
|
3316 | 28 | 64 | وقيل ادعوا شركاءكم فدعوهم فلم يستجيبوا لهم ورأوا العذاب لو أنهم كانوا يهتدون |
| | | އަދި (ދެރަކޮށްލެއްވުމުގެގޮތުން) އަންގަވާ ހުށްޓެވެ. ތިޔަބައިމީހުންގެ شريك ންނަށް ތިޔަބައިމީހުން ގޮވާށެވެ! ފަހެ، އެއުރެން އެ شريك ންނަށް ގޮވާނެތެވެ. އެ شريك ން އެއުރެންނަކަށް އިޖާބައެއް ނުދޭނެތެވެ. އަދި އެއުރެންނަށް عذاب ފެންނަ ހުށްޓެވެ. އެހިނދު، އެއުރެންނަށް ތެދުމަގު ލިބުނުނަމަ، ކިހާރަނގަޅުހޭ އެއުރެން ހިތަށް އަރާނެތެވެ. |
|
3317 | 28 | 65 | ويوم يناديهم فيقول ماذا أجبتم المرسلين |
| | | އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ وحى ކުރައްވާނެތެވެ. (ތިމަންރަސްކަލާނގެ ފޮނުއްވި) رسول ންނަށް ތިޔަބައިމީހުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟ |
|
3318 | 28 | 66 | فعميت عليهم الأنباء يومئذ فهم لا يتساءلون |
| | | ފަހެ، އެދުވަހުން (ރަނގަޅު ޖަވާބެއް ދިނުމަށް) خبر ތައް އެއުރެންގެ މައްޗަށް ފަރުދާވެގެން ހިނގައިދާހުށްޓެވެ. ފަހެ، އެއުރެން (حيران ވެފައިވާލެއް ބޮޑުކަމުން) އެކަކު އަނެކަކާ سؤال ވެސް ކޮށްނުލާނެތެވެ. |
|
3319 | 28 | 67 | فأما من تاب وآمن وعمل صالحا فعسى أن يكون من المفلحين |
| | | ފަހެ، توبة ވެ، إيمان ވެ، صالح عمل ކުޅަމީހާ ދަންނާށެވެ! ފަހެ، އޭނާ ކާމިޔާބުވާ މީހުންގެ ތެރެއިންވުންގާތެވެ. |
|
3320 | 28 | 68 | وربك يخلق ما يشاء ويختار ما كان لهم الخيرة سبحان الله وتعالى عما يشركون |
| | | ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކު (ނަބީކަމަށް) خيار ކުރައްވަތެވެ. އެއުރެންނަކަށް خيار ކުރުމެއް ނެތެވެ. އެއުރެން شريك ކުރާ ތަކެތިން اللَّه ހުސްطاهر ވެ މަތިވެރިވެ ވޮޑިގެންވެއެވެ. |
|
3321 | 28 | 69 | وربك يعلم ما تكن صدورهم وما يعلنون |
| | | އަދި އެއުރެންގެ ހިތްތަކުގައި ވަންހަނާކުރާ ތަކެއްޗާއި، އެއުރެން ފާޅުކުރާ ތަކެތި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. |
|
3322 | 28 | 70 | وهو الله لا إله إلا هو له الحمد في الأولى والآخرة وله الحكم وإليه ترجعون |
| | | އަދި އެކަލާނގެއީ، اللَّه އެވެ. އެކަލާނގެ މެނުވީ، އެހެން إله އަކު ނުވެއެވެ. ދުނިޔެއާއި، آخرة ގައި، އެންމެހާ تعريف އާއި، ثناء މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އަދި ނިޔާކުރެއްވުން މިލްކުވެގެންވަނީވެސް އެކަލާނގެއަށެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. |
|
3323 | 28 | 71 | قل أرأيتم إن جعل الله عليكم الليل سرمدا إلى يوم القيامة من إله غير الله يأتيكم بضياء أفلا تسمعون |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ނިކަން خبر ދީ ބަލާށެވެ! ތިޔަބައިމީހުންގެ މައްޗަށް ރޭގަނޑު (ބަދަލެއްނުވެ) قيامة ދުވަހާ ޖެހެންދެން ދެމިއޮންނަ އެއްޗެއް ކަމުގައި اللَّه ލެއްވިނަމަ، ތިޔަބައިމީހުންނަށް (ދުވާލުގެ) އަލިކަން ގެނެސްދޭނީ، اللَّه ފިޔަވައި އެހެން ކޮން إله އެއް ހެއްޔެވެ؟ ފަހެ، ތިޔަބައިީހުންނަށް ނީވެނީހެއްޔެވެ؟ |
|