نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3292 | 28 | 40 | فأخذناه وجنوده فنبذناهم في اليم فانظر كيف كان عاقبة الظالمين |
| | | ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! |
|
3293 | 28 | 41 | وجعلناهم أئمة يدعون إلى النار ويوم القيامة لا ينصرون |
| | | އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ زعيم ން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި قيامة ދުވަހުން އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ. |
|
3294 | 28 | 42 | وأتبعناهم في هذه الدنيا لعنة ويوم القيامة هم من المقبوحين |
| | | އަދި ތިމަންރަސްކަލާނގެ މިދުނިޔެމަތީގައިވެސް، އެއުރެންނަށް لعنة ލެއްވީމެވެ. އަދި قيامة ދުވަހުގައި، އެއުރެންނީ (اللَّه ގެ رحمة ން) ދުރުކުރައްވާފައިވާ ބަޔެކެވެ. |
|
3295 | 28 | 43 | ولقد آتينا موسى الكتاب من بعد ما أهلكنا القرون الأولى بصائر للناس وهدى ورحمة لعلهم يتذكرون |
| | | އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ. |
|
3296 | 28 | 44 | وما كنت بجانب الغربي إذ قضينا إلى موسى الأمر وما كنت من الشاهدين |
| | | (އޭ محمد ގެފާނެވެ!) އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް أمر ތައް ކަނޑައެޅުއްވިހިނދު (ފަރުބަދައިގެ) ހުޅަނގުފަރާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި (އެތަނަށް) حاضر ވި މީހުންގެ ތެރެޔަކުންވެސް ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ. |
|
3297 | 28 | 45 | ولكنا أنشأنا قرونا فتطاول عليهم العمر وما كنت ثاويا في أهل مدين تتلو عليهم آياتنا ولكنا كنا مرسلين |
| | | އެހެނެއްކަމަކު (އޭގެފަހަށް) ތިމަންރަސްކަލާނގެ އެތައް جيل އެއްގެ މީހުން އުފެއްދެވީމެވެ. ފަހެ، އެއުރެންގެ މައްޗަށް ޒަމާން ދިގުވެގެންދިޔައެވެ. އަދި مدين ގެ أهل ވެރިންގެ ތެރޭގައި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ކިޔަވައި ދެއްވާކަށް ކަލޭގެފާނު ނުހުންނަވަމުއެވެ. އެހެނެއްކަމަކު، ކަލޭގެފާނު رسول ކަމާއިގެން ފޮނުއްވީ (އަދި އެ خبر ތައް ކަލޭގެފާނަށް އެންގެވީ) ތިމަންރަސްކަލާނގެއެވެ. |
|
3298 | 28 | 46 | وما كنت بجانب الطور إذ نادينا ولكن رحمة من ربك لتنذر قوما ما أتاهم من نذير من قبلك لعلهم يتذكرون |
| | | (އޭ محمد ގެފާނެވެ!) އަދި ތިމަންރަސްކަލާނގެ (موسى ގެފާނަށް) ނިދާއިއްވެވިހިނދު، طور ފަރުބަދައިގެ ކައިރިއަކު ކަލޭގެފާނު ވަޑައިގެންނުވަމުއެވެ. އެހެނެއްކަމަކު (ކަލޭގެފާނު ފޮނުއްވާފައިވަނީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ންވާ رحمة އެއް ކަމުގައެވެ. (އެއީ) ކަލޭގެފާނުގެ ކުރީގައި އެއުރެންގެގާތަށް إنذار ކުރައްވާ رسول އަކު ވަޑައިގެންފައިނުވާ قوم އެއްގެ މީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ. |
|
3299 | 28 | 47 | ولولا أن تصيبهم مصيبة بما قدمت أيديهم فيقولوا ربنا لولا أرسلت إلينا رسولا فنتبع آياتك ونكون من المؤمنين |
| | | އަދި އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކުގެ ސަބަބުން އެއުރެންނަށް مصيبة އެއް ނުޖެހޭނެނަމަ (ތިމަންރަސްކަލާނގެ رسول ބޭކަލުން ނުފޮނުއްވީމުހެވެ.) ފަހެ، އޭރުން އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ رسول އަކު ނުފޮނުއްވީ ކީއްވެގެންތޯއެވެ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ آية ތަކަށް تبع ވެ، مؤمن ންގެ ތެރެއިން ވެއްޖައީމުހެވެ. |
|
3300 | 28 | 48 | فلما جاءهم الحق من عندنا قالوا لولا أوتي مثل ما أوتي موسى أولم يكفروا بما أوتي موسى من قبل قالوا سحران تظاهرا وقالوا إنا بكل كافرون |
| | | ފަހެ، ތިމަންރަސްކަލާނގެ حضرة ން އެއުރެންގެގާތަށް حق ތެދުމަގު އައިހިނދު (އެބަހީ: ތެދުމަގާއިގެން محمد ގެފާނު ވަޑައިގަތްހިނދު) އެއުރެން ބުނޫއެވެ. موسى ގެފާނަށް ދެއްވިފަދަ معجزات ތަކެއް އެކަލޭގެފާނަށް ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ މީގެކުރިން موسى ގެފާނަށް ދެއްވި އެއްޗަކަށް، އެއުރެން ފަހެ، كافر ވެފައެއް ނުވޭހެއްޔެވެ؟ އެއުރެން ބުނޫއެވެ. (توراة އާއި قرآن އަކީ) އެކަތި އަނެކައްޗަށް ވާގިވެރިވާ ދެ ޖާދޫއެކެވެ. އަދި އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެއިންކޮންމެ އެއްޗަކަށް ތިމަންމެން كافر ވަމުއެވެ. |
|
3301 | 28 | 49 | قل فأتوا بكتاب من عند الله هو أهدى منهما أتبعه إن كنتم صادقين |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމަ، ފަހެ، އެ ދެފޮތަށްވުރެ ތެދުމަގު ދެއްކުންބޮޑު ފޮތެއް، ތިމަންކަލޭގެފާނު އެއަށް تبع ވުމަށް، اللَّه ގެ حضرة ން ތިޔަބައިމީހުން ނިކަން ގެނެސްބަލާށެވެ! |
|