نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3287 | 28 | 35 | قال سنشد عضدك بأخيك ونجعل لكما سلطانا فلا يصلون إليكما بآياتنا أنتما ومن اتبعكما الغالبون |
| | | އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނުގެ أخ ފޮނުއްވުމުން ކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތިމަންރަސްކަލާނގެ ގަދަކަން ދެއްވާހުށީމެވެ. އަދި ތިޔަ ދެކަލުންނަށް ބާރެއް ދެއްވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ ދެއްވި معجزات ގެ ސަބަބުން، އެއުރެންނަކަށް ތިޔަ ދެކަލުންނާ ހަމައަށް (އުނދަގުލެއް ދޭކަށް) ނާދެވޭހުށްޓެވެ. ތިޔަ ދެކަލުންނާއި، ތިޔަ ދެކަލުންނަށް تبع ވީ މީހުންނަކީ (نصر ލިބި) ގަދަވާނޭ މީހުންނެވެ. |
|
3288 | 28 | 36 | فلما جاءهم موسى بآياتنا بينات قالوا ما هذا إلا سحر مفترى وما سمعنا بهذا في آبائنا الأولين |
| | | ފަހެ، ބަޔާންވެގެންވާ حال، ތިމަންރަސްކަލާނގެ ހެކިތަކާއިގެން موسى ގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. މިއީ އަމިއްލައަށް ހަދައިގެންއުޅޭ ޖާދޫއެއްކަމުގައި ނޫނީ ނުވެތެވެ. އަދި ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް މިފަދަ ވާހަކައެއް (ވާކަމަކަށް) ތިމަންމެން ނާހަމުއެވެ. |
|
3289 | 28 | 37 | وقال موسى ربي أعلم بمن جاء بالهدى من عنده ومن تكون له عاقبة الدار إنه لا يفلح الظالمون |
| | | އަދި موسى ގެފާނު ވިދާޅުވިއެވެ. އެކަލާނގެ حضرة ން ތެދުމަގާއިގެން އައީ ކާކުކަން، އަދި آخرة ދުވަހުން تعريف ލިބިގެންވާ ނިމުމެއް ލިބޭނީ ކާކަށްކަން، އެންމެމޮޅަށް ދެނެވޮޑިގެންވަނީ ތިމަންމެންގެ ވެރިރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަނިޔާވެރިންނެއް ނުދިނޭނެތެވެ. |
|
3290 | 28 | 38 | وقال فرعون يا أيها الملأ ما علمت لكم من إله غيري فأوقد لي يا هامان على الطين فاجعل لي صرحا لعلي أطلع إلى إله موسى وإني لأظنه من الكاذبين |
| | | فرعون ބުންޏެވެ. އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ هامان އެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسى ގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ. |
|
3291 | 28 | 39 | واستكبر هو وجنوده في الأرض بغير الحق وظنوا أنهم إلينا لا يرجعون |
| | | އަދި އޭނާއާއި، އޭނާގެ لشكر حق އަކާ ނުލައި ބިމުގައި ބޮޑާވެގަތެވެ. އަދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން އަނބުރާ رجوع ނުކުރައްވާނެކަމަށް އެއުރެން ހީކުރޫއެވެ. |
|
3292 | 28 | 40 | فأخذناه وجنوده فنبذناهم في اليم فانظر كيف كان عاقبة الظالمين |
| | | ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ لشكر ހިއްޕަވައި، ދެން ތިމަންރަސްކަލާނގެ އެއުރެން ކަނޑު ލެއްވީމެވެ. ފަހެ، އަނިޔާވެރިންގެ ނިމުންވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! |
|
3293 | 28 | 41 | وجعلناهم أئمة يدعون إلى النار ويوم القيامة لا ينصرون |
| | | އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ زعيم ން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި قيامة ދުވަހުން އެއުރެންނަކަށް نصر އެއް ނުލިބޭނެތެވެ. |
|
3294 | 28 | 42 | وأتبعناهم في هذه الدنيا لعنة ويوم القيامة هم من المقبوحين |
| | | އަދި ތިމަންރަސްކަލާނގެ މިދުނިޔެމަތީގައިވެސް، އެއުރެންނަށް لعنة ލެއްވީމެވެ. އަދި قيامة ދުވަހުގައި، އެއުރެންނީ (اللَّه ގެ رحمة ން) ދުރުކުރައްވާފައިވާ ބަޔެކެވެ. |
|
3295 | 28 | 43 | ولقد آتينا موسى الكتاب من بعد ما أهلكنا القرون الأولى بصائر للناس وهدى ورحمة لعلهم يتذكرون |
| | | އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ. |
|
3296 | 28 | 44 | وما كنت بجانب الغربي إذ قضينا إلى موسى الأمر وما كنت من الشاهدين |
| | | (އޭ محمد ގެފާނެވެ!) އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް أمر ތައް ކަނޑައެޅުއްވިހިނދު (ފަރުބަދައިގެ) ހުޅަނގުފަރާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި (އެތަނަށް) حاضر ވި މީހުންގެ ތެރެޔަކުންވެސް ކަލޭގެފާނު ވެވަޑައިގެން ނުވަމުއެވެ. |
|