نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3150 | 26 | 218 | الذي يراك حين تقوم |
| | | އެކަލާނގެއީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3151 | 26 | 219 | وتقلبك في الساجدين |
| | | އަދި سجدة ކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު حركات ތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ. |
|
3152 | 26 | 220 | إنه هو السميع العليم |
| | | ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
3153 | 26 | 221 | هل أنبئكم على من تنزل الشياطين |
| | | އެއުރެންގެ މައްޗަށް شيطان ން ފައިބާ މީހުންގެ خبر، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟ |
|
3154 | 26 | 222 | تنزل على كل أفاك أثيم |
| | | އެ شيطان ން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ. |
|
3155 | 26 | 223 | يلقون السمع وأكثرهم كاذبون |
| | | އެ شيطان ން އަޑުއަހާ ތަކެތި (كاهن ންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ. |
|
3156 | 26 | 224 | والشعراء يتبعهم الغاوون |
| | | ޅެންވެރިންނަށް (އެބަހީ: އެއުރެންގެ ތެރެއިން كافر ންނަށް) تبع ވާނީ މަގުފުރެދިގެންވާ މީހުންނެވެ. |
|
3157 | 26 | 225 | ألم تر أنهم في كل واد يهيمون |
| | | ހަމަކަށަވަރުން، (ބަހުގެ) ކޮންމެ وادى އެއްގައިމެ، ދެވޭނުދެވޭ ތަނެއް ނޭނގޭގޮތަށް، އެއުރެން އުޅޭތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ |
|
3158 | 26 | 226 | وأنهم يقولون ما لا يفعلون |
| | | އަދި ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ، އެއުރެން ނުކުރާ ކަންތަކުގެ ވާހަކައެވެ. |
|
3159 | 26 | 227 | إلا الذين آمنوا وعملوا الصالحات وذكروا الله كثيرا وانتصروا من بعد ما ظلموا وسيعلم الذين ظلموا أي منقلب ينقلبون |
| | | إيمان ވެ صالح عمل ތައްކޮށް، އަދި ގިނަގިނައިން اللَّه ހަނދުމަކޮށް، އަދި އަނިޔާލިބުމަށްފަހު، نصر ލިބިގަތްމީހުން މެނުވީއެވެ. ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوع ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ. |
|