نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3138 | 26 | 206 | ثم جاءهم ما كانوا يوعدون |
| | | ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذاب އަށް ހެއްޔެވެ؟ |
|
3139 | 26 | 207 | ما أغنى عنهم ما كانوا يمتعون |
| | | ފަހެ، ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ތިމަންރަސްކަލާނގެ އެއުރެން އެތައް އަހަރަކަށް އަރާމުކޮށް އުޅުމަށް ލެހެއްޓެވިކަމުގައިވިޔަސް، ދެން އެއުރެންނަށް وعد ކުރައްވާފައިވާ عذاب އެއުރެންގެ ގާތަށް އައުމުން، އެއުރެން ދުނިޔޭގައި އަރާމުކޮށް އުޅުމަށް ލެހެއްޓެވުމަކުން އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދޭނެތެވެ. |
|
3140 | 26 | 208 | وما أهلكنا من قرية إلا لها منذرون |
| | | އެއްވެސް ރަށެއް، އެރަށުގެ أهل ވެރިންނަށް إنذار ކުރައްވާނޭ رسول ން ނުފޮނުއްވައެއް ތިމަންރަސްކަލާނގެ ހަލާކެއް ނުކުރައްވަމެވެ. |
|
3141 | 26 | 209 | ذكرى وما كنا ظالمين |
| | | (އެއީ) ހަނދާންކޮށްދެއްވުމެކެވެ. އަދި އަނިޔާވެރި ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ. |
|
3142 | 26 | 210 | وما تنزلت به الشياطين |
| | | އެ قرآن ގެނެސްދިނީ شيطان ންނެއް ނޫނެވެ. |
|
3143 | 26 | 211 | وما ينبغي لهم وما يستطيعون |
| | | އަދި އެއީ شيطان ންނަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި އެ شيطان ންނަށް އެކަމަކަށް ކުޅަދާނަވެގެނެއްވެސް ނުވެއެވެ. |
|
3144 | 26 | 212 | إنهم عن السمع لمعزولون |
| | | ހަމަކަށަވަރުން، އެ شيطان ންވަނީ (ވަގަށް) އަޑުއެހުމުން ވަކިކުރައްވާފައިކަން ކަށަވަރެވެ. |
|
3145 | 26 | 213 | فلا تدع مع الله إلها آخر فتكون من المعذبين |
| | | ފަހެ، اللَّه އާއެކު އެހެން إله އަކަށް ކަލޭގެފާނު دعاء ކުރައްވައި، އަޅުކަން ނުކުރައްވާށެވެ! ފަހެ، އޭރުން عذاب ލިބޭ މީހުންގެ ތެރެއިން ކަލޭގެފާނު ވެދާނެއެވެ. |
|
3146 | 26 | 214 | وأنذر عشيرتك الأقربين |
| | | ކަލޭގެފާނުގެ އެންމެ ގާތްތިމާގެ قبيلة ގެ މީހުންނަށް إنذار ކުރައްވާށެވެ! |
|
3147 | 26 | 215 | واخفض جناحك لمن اتبعك من المؤمنين |
| | | مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!) |
|