نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
314 | 3 | 21 | إن الذين يكفرون بآيات الله ويقتلون النبيين بغير حق ويقتلون الذين يأمرون بالقسط من الناس فبشرهم بعذاب أليم |
| | | ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވެ، حق އަކާނުލައި، ނަބިއްޔުން قتل ކޮށް، މީސްތަކުންގެ ތެރެއިން عدل އަށް أمر ކުރާ މީހުން قتل ކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! |
|
315 | 3 | 22 | أولئك الذين حبطت أعمالهم في الدنيا والآخرة وما لهم من ناصرين |
| | | އެއުރެންނީ، ދުނިޔެއާއި، آخرة ގައި، އެއުރެންގެ عمل ތައް باطل ވެފައިވާ މީހުންނެވެ. އަދި، އެއުރެންނަށް نصر ދޭނެ އެއްވެސްބަޔަކު ނުވެތެވެ. |
|
316 | 3 | 23 | ألم تر إلى الذين أوتوا نصيبا من الكتاب يدعون إلى كتاب الله ليحكم بينهم ثم يتولى فريق منهم وهم معرضون |
| | | ފޮތުގެ ތެރެއިން ބައެއް (އެއުރެންނަށް) ލިބުނު މީހުން އެއުރެންގެ މެދުގައި، اللَّه ގެ ފޮތުގައިވާގޮތަށް، حكم ކުރުމަށް ގޮވާލީމާ، ދެން އޭގެތެރެއިން ބަޔަކު، ދެކޮޅުވެރިވެ، ފުރަގަސްދީ ދާތަން، ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ |
|
317 | 3 | 24 | ذلك بأنهم قالوا لن تمسنا النار إلا أياما معدودات وغرهم في دينهم ما كانوا يفترون |
| | | އެއީ ގުނާލެވިގެންވާ ކުޑަދުވަސްކޮޅަކު މެނުވީ، ތިމަންމެންގައި ނަރަކައިގެ އަލިފާން ނުބީހޭނެޔޭ އެއުރެން ބުނެ އުޅުނުކަމުގެ ސަބަބުންނެވެ. އަދި އެއުރެން ދޮގުން އުފައްދާފައިވާ ބަސްތައް އެއުރެންގެ دين އާ މެދުގައި އެއުރެން ހެއްލުންތެރި ކުޅައެވެ. |
|
318 | 3 | 25 | فكيف إذا جمعناهم ليوم لا ريب فيه ووفيت كل نفس ما كسبت وهم لا يظلمون |
| | | ފަހެ، އެދުވަހާމެދު شك ކަމެއްނެތް ދުވަހަކުން (އެބަހީ: قيامة ދުވަހުން) ތިމަންރަސްކަލާނގެ އެއުރެން އެއްކުރައްވައި އެއުރެންނަށް ބޭއިންސާފު ނުކުރައްވާގޮތުގައި، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބޭހިނދު، އެއުރެން (ގެ حال) ވާނީ ކޮންފަދަޔަކުން ހެއްޔެވެ؟ |
|
319 | 3 | 26 | قل اللهم مالك الملك تؤتي الملك من تشاء وتنزع الملك ممن تشاء وتعز من تشاء وتذل من تشاء بيدك الخير إنك على كل شيء قدير |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
|
320 | 3 | 27 | تولج الليل في النهار وتولج النهار في الليل وتخرج الحي من الميت وتخرج الميت من الحي وترزق من تشاء بغير حساب |
| | | އިބަރަސްކަލާނގެ، ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވަމުއެވެ. އަދި، ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވަމުއެވެ. އަދި، މަރުވެފައިވާ ތަކެތީން ދިރޭތަކެތި ނެރުއްވަމުއެވެ. އަދި، ދިރޭތަކެތީން މަރުވެފައިވާ ތަކެތި ނެރުއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް حساب އެއްނެތި رزق ދެއްވަމުއެވެ. |
|
321 | 3 | 28 | لا يتخذ المؤمنون الكافرين أولياء من دون المؤمنين ومن يفعل ذلك فليس من الله في شيء إلا أن تتقوا منهم تقاة ويحذركم الله نفسه وإلى الله المصير |
| | | مؤمن ން، مؤمن ން ފިޔަވައި كافر ން އެއީ، އެހީތެރިންކަމުގައި ނުހަދާހުށިކަމެވެ! އެކަންތައް (އެގޮތަށް) ކުރާމީހާ (ދަންނާށެވެ!) ފަހެ، اللَّه ގެ ވާގިވެރިކަމުގެ ތެރެއިން އެއްވެސްކަމެއްގައި އެމީހަކު ނުވެތެެވެ. އެއުރެންގެ ކިބައިން އަންނަ ނުރައްކަލަކުން ތިޔަބައިމީހުން ސަލާމަތްވުން مجبور ވެއްޖެ حال އެއްގައި މެނުވީއެވެ. އަދި، اللَّه އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. އެނބުރި ދިޔުންވަނީ اللَّه ގެ حضرة އަށެވެ. |
|
322 | 3 | 29 | قل إن تخفوا ما في صدوركم أو تبدوه يعلمه الله ويعلم ما في السماوات وما في الأرض والله على كل شيء قدير |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، اللَّه، އެކަމެއް ދެނެވޮޑިގެންވެތެވެ. އަދި، އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާ ކަމެއްވެސް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. |
|
323 | 3 | 30 | يوم تجد كل نفس ما عملت من خير محضرا وما عملت من سوء تود لو أن بينها وبينه أمدا بعيدا ويحذركم الله نفسه والله رءوف بالعباد |
| | | ކޮންމެ نفس އެއްމެ، ހެޔޮކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމަކާއި، ނުބައިކަމުގެ ތެރެއިން، އެ نفس އެއް ކުޅަކަމެއް حاضر ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ نفس އެއް ކުޅަ ނުބައިކަމަކާއި، އެ نفس އަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. اللَّه، އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. اللَّه އީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. |
|