نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3098 | 26 | 166 | وتذرون ما خلق لكم ربكم من أزواجكم بل أنتم قوم عادون |
| | | ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلال ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ. |
|
3099 | 26 | 167 | قالوا لئن لم تنته يا لوط لتكونن من المخرجين |
| | | އެއުރެން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ. |
|
3100 | 26 | 168 | قال إني لعملكم من القالين |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عمل އަށް (އެބަހީ: لواط ގެ عمل އަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ. |
|
3101 | 26 | 169 | رب نجني وأهلي مما يعملون |
| | | އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عمل ން މިއަޅާއާއި މިއަޅާގެ أهل ވެރިން ސަލާމަތް ކުރައްވާނދޭވެ! |
|
3102 | 26 | 170 | فنجيناه وأهله أجمعين |
| | | ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތް ކުރެއްވީމެވެ. |
|
3103 | 26 | 171 | إلا عجوزا في الغابرين |
| | | عذاب ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ. |
|
3104 | 26 | 172 | ثم دمرنا الآخرين |
| | | ދެން ތިމަންރަސްކަލާނގެ (އެ قوم ގެ) މީހުން ހަލާކުކުރެއްވީމެވެ. |
|
3105 | 26 | 173 | وأمطرنا عليهم مطرا فساء مطر المنذرين |
| | | އަދި ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް (ހިލައިގެ) ވާރޭއެއް ވެއްސެވީމެވެ. ފަހެ، إنذار ކުރައްވާފައިވާ މީހުންގެ (މައްޗަށް ވެހުނު) ވާރޭގެ ނުބައިކަމާއެވެ! |
|
3106 | 26 | 174 | إن في ذلك لآية وما كان أكثرهم مؤمنين |
| | | ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން، إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ. |
|
3107 | 26 | 175 | وإن ربك لهو العزيز الرحيم |
| | | އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|