نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
3080 | 26 | 148 | وزروع ونخل طلعها هضيم |
| | | އަދި ދަނޑުތަކާއި، އޭގެ އެތްތައް ފޮޅި، މޭވާ ފައްކާވެގެންވާ ކަދުރުރުއްތަކުގެ މެދުގައެވެ. |
|
3081 | 26 | 149 | وتنحتون من الجبال بيوتا فارهين |
| | | އަދި ތިޔަބައިމީހުން ބޮޑާވެ، ފަރުބަދަ ފަރުބަދައިގައި ކަނޑައި ނަގައިގެން ގޭގެ ހަދަމުއެވެ. |
|
3082 | 26 | 150 | فاتقوا الله وأطيعون |
| | | ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! |
|
3083 | 26 | 151 | ولا تطيعوا أمر المسرفين |
| | | އަދި ހައްދުފަހަނަޅައިދާ މީހުންގެ أمر އަށް ތިޔަބައިމީހުން ކިޔަމަންތެރި ނުވާށެވެ! |
|
3084 | 26 | 152 | الذين يفسدون في الأرض ولا يصلحون |
| | | އެއުރެންނީ ބިމުގައި ފަސާދަ އުފައްދާ، އަދި إصلاح އެއް ނުކުރާ މީހުންނެވެ. |
|
3085 | 26 | 153 | قالوا إنما أنت من المسحرين |
| | | އެއުރެން ދެންނެވޫއެވެ. ކަލޭގެފާނުވަނީ ޖާދޫޖެހި (ބުއްދި ގޯސްވެ) ފައިވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. |
|
3086 | 26 | 154 | ما أنت إلا بشر مثلنا فأت بآية إن كنت من الصادقين |
| | | ތިމަންމެންކަހަލަ آدم ގެދަރިޔެއް ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، ފަހެ، معجزة އެއް ގެންނަވައި ބައްލަވާށެވެ! |
|
3087 | 26 | 155 | قال هذه ناقة لها شرب ولكم شرب يوم معلوم |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. މިއޮތީ جمل އެކެވެ. އެ އެއްޗަށް ބޯފެނުގެ حصّة އެއް ވެއެވެ. އަދި ތިޔަބައިމީހުންނަށްވެސް ކަނޑައެޅި އެނގިގެންވާ ދުވަހެއްގެ ބޯފެނުގެ حصّة އެއް ވެއެވެ. |
|
3088 | 26 | 156 | ولا تمسوها بسوء فيأخذكم عذاب يوم عظيم |
| | | އަދި ތިޔަބައިމީހުން އެ އެއެއްޗަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެހެން ހަދައިފިނަމަ) ބޮޑުވެގެންވާ ދުވަހެއްގެ عذاب އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ. |
|
3089 | 26 | 157 | فعقروها فأصبحوا نادمين |
| | | ފަހެ، އެއުރެން އޭތި މަރައިލިއެވެ. ދެން ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. |
|