نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2967 | 26 | 35 | يريد أن يخرجكم من أرضكم بسحره فماذا تأمرون |
| | | އެކަލޭގެފާނު އެދިވަޑައިގަންނަވަނީ، އެކަލޭގެފާނުގެ ޖާދޫގެ ބާރުގައި ތިޔަބައިމީހުންގެ ބިމުން ތިޔަބައިމީހުން ނެރެލާށެވެ. ވީމާ، ތިޔަބައިމީހުން أمر ކުރާގޮތަކީ ކޮބައިހެއްޔެވެ؟ |
|
2968 | 26 | 36 | قالوا أرجه وأخاه وابعث في المدائن حاشرين |
| | | އެއުރެން ބުނޫއެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ أخ، އިހަށް ބައިތިއްބާށެވެ! އަދި (މީހުން) އެއްކުރުމަށް ގޮވާބަޔަކު ރަށުތެރެޔަށް ފޮނުވާށެވެ! |
|
2969 | 26 | 37 | يأتوك بكل سحار عليم |
| | | އޭރުން އެއުރެން (ގޮސް) މޮޅަށްދަންނަ ހުރިހާ ބޮޑެތި ޖާދޫގަރުން ކަލޭގެ ގާތަށް ގެނެސްދޭނެތެވެ. |
|
2970 | 26 | 38 | فجمع السحرة لميقات يوم معلوم |
| | | ފަހެ، އެނގިގެންވާ ދުވަހެއްގެ ކަނޑައެޅިގެންވާ وقت އަކަށް ޖާދޫގަރުން އެއްކޮށްފިއެވެ. |
|
2971 | 26 | 39 | وقيل للناس هل أنتم مجتمعون |
| | | އަދި މީސްތަކުންނަށް ބުންޏެވެ. ތިޔަބައިމީހުން އެއްވާނޫހެއްޔެވެ؟ |
|
2972 | 26 | 40 | لعلنا نتبع السحرة إن كانوا هم الغالبين |
| | | އެ ޖާދޫގަރުންނަކީ، ގަދަވިމީހުން ކަމުގައި ވެއްޖެނަމަ، އަހުރެމެން އެއުރެންނަށް تبع ވުމަށްޓަކައެވެ. |
|
2973 | 26 | 41 | فلما جاء السحرة قالوا لفرعون أئن لنا لأجرا إن كنا نحن الغالبين |
| | | ފަހެ، އެ ޖާދޫގަރުން އައިހިނދު، އެއުރެން فرعون އަށް ބުނޫއެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟ |
|
2974 | 26 | 42 | قال نعم وإنكم إذا لمن المقربين |
| | | އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، ގާތްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ. |
|
2975 | 26 | 43 | قال لهم موسى ألقوا ما أنتم ملقون |
| | | موسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ޖާދޫގެގޮތުން) އުކަންހުރި ތަކެތި އުކާށެވެ! |
|
2976 | 26 | 44 | فألقوا حبالهم وعصيهم وقالوا بعزة فرعون إنا لنحن الغالبون |
| | | ފަހެ، އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެން އުކޫއެވެ. އަދި އެއުރެން ބުނޫއެވެ. فرعون ގެ عزّة ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ. |
|