نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2930 | 25 | 75 | أولئك يجزون الغرفة بما صبروا ويلقون فيها تحية وسلاما |
| | | އެއުރެން ކެތްތެރިވީކަމަށްޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެއުރެންނަށް ޖަޒާއެއްގެގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންނާ ބައްދަލުވާނީ، تحيّة އާއި، سلام ންނެވެ. |
|
2931 | 25 | 76 | خالدين فيها حسنت مستقرا ومقاما |
| | | އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެ ތިބޭ ވަޒަނެއްގެގޮތުން އެތަން ރަނގަޅުކަމާއެވެ! |
|
2932 | 25 | 77 | قل ما يعبأ بكم ربي لولا دعاؤكم فقد كذبتم فسوف يكون لزاما |
| | | ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ دعاء ކުރުން ނުވާނަމަ، ތިމަންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނާމެދު ފަރުވާލެއް ނުބަހައްޓަވާނެތެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން (حق) ދޮގުކުޅައީމުއެވެ. ފަހެ، ނިކަންހުރެ އެކަމުގެ عذاب، ތިޔަބައިމީހުންނަށް لازم ވެ ހުންނަހުށްޓެވެ. |
|
2933 | 26 | 1 | بسم الله الرحمن الرحيم طسم |
| | | ط س م (މި އަކުރުތަކުގެ مراد ދެެނެވޮޑިގެންވަނީ اللَّه އެވެ.) |
|
2934 | 26 | 2 | تلك آيات الكتاب المبين |
| | | މިއީ (ކަންތައްތައް) بيان ވެގެންވާ ފޮތުގެ (އެބަހީ: قرآن ގެ) آية ތަކެވެ. |
|
2935 | 26 | 3 | لعلك باخع نفسك ألا يكونوا مؤمنين |
| | | އެއުރެން مؤمن ން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ نفس ހަލާކުކޮށްލައްވަނީތޯއެވެ. (އެބަހީ: އެހެން ނަހައްދަވާށެވެ!) |
|
2936 | 26 | 4 | إن نشأ ننزل عليهم من السماء آية فظلت أعناقهم لها خاضعين |
| | | ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެންގެ މައްޗަށް އުޑުން معجزة އެއް ބާވައިލައްވައިފީމުހެވެ. ފަހެ، އޭރުން އެއުރެންގެ ކަނދުރާތައް އެއަށް ކިޔަމަންވެ، މަޑުމައިތިރިވާނެތެވެ. |
|
2937 | 26 | 5 | وما يأتيهم من ذكر من الرحمن محدث إلا كانوا عنه معرضين |
| | | رحمن ވަންތަ ރަސްކަލާނގެ حضرة ން އެމީހުންގެ ގާތަށް އަންނަ ކޮންމެ އައު آية އަކަށް ފުރަގަސްދޭބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. |
|
2938 | 26 | 6 | فقد كذبوا فسيأتيهم أنباء ما كانوا به يستهزئون |
| | | ފަހެ، ހަމަކަށަވަރުން، އެއުރެން (އެތަކެތި) ދޮގުކުރޫއެވެ. ފަހެ، އެއުރެން އެކަންތަކަށް ފުރައްސާރަކޮށްއުޅުނު ކަންތަކުގެ خبر ތައް، ނިކަންހުރެ އެއުރެންގެ ގާތަށް އަންނަހުށްޓެވެ. |
|
2939 | 26 | 7 | أولم يروا إلى الأرض كم أنبتنا فيها من كل زوج كريم |
| | | ބިމުގެ (عجائب) ކަންތައްތަކަށް އެއުރެން ނުބަލަނީހެއްޔެވެ؟ އެ ބިމުގައި މަންފާގިނަ ރަނގަޅު ހުރިހާ ބާވަތަކުން ތިމަންރަސްކަލާނގެ ކިހާގިނަ ގަސްތަކެއް ފެޅުއްވީން ހެއްޔެވެ؟ |
|