نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2922 | 25 | 67 | والذين إذا أنفقوا لم يسرفوا ولم يقتروا وكان بين ذلك قواما |
| | | އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ. |
|
2923 | 25 | 68 | والذين لا يدعون مع الله إلها آخر ولا يقتلون النفس التي حرم الله إلا بالحق ولا يزنون ومن يفعل ذلك يلق أثاما |
| | | އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ. |
|
2924 | 25 | 69 | يضاعف له العذاب يوم القيامة ويخلد فيه مهانا |
| | | އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. |
|
2925 | 25 | 70 | إلا من تاب وآمن وعمل عملا صالحا فأولئك يبدل الله سيئاتهم حسنات وكان الله غفورا رحيما |
| | | توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. |
|
2926 | 25 | 71 | ومن تاب وعمل صالحا فإنه يتوب إلى الله متابا |
| | | އަދި توبة ވެ صالح عمل ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން اللَّه އަށް توبة ވާ މީހެކެވެ. |
|
2927 | 25 | 72 | والذين لا يشهدون الزور وإذا مروا باللغو مروا كراما |
| | | އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ. |
|
2928 | 25 | 73 | والذين إذا ذكروا بآيات ربهم لم يخروا عليها صما وعميانا |
| | | އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތައް ހަނދާންކޮށްދޭހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެ آية ތަކުގެ މައްޗަށް ވެއްޓި ނުގަންނަ މީހުންނެވެ. |
|
2929 | 25 | 74 | والذين يقولون ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما |
| | | އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ! |
|
2930 | 25 | 75 | أولئك يجزون الغرفة بما صبروا ويلقون فيها تحية وسلاما |
| | | އެއުރެން ކެތްތެރިވީކަމަށްޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެއުރެންނަށް ޖަޒާއެއްގެގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންނާ ބައްދަލުވާނީ، تحيّة އާއި، سلام ންނެވެ. |
|
2931 | 25 | 76 | خالدين فيها حسنت مستقرا ومقاما |
| | | އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެ ތިބޭ ވަޒަނެއްގެގޮތުން އެތަން ރަނގަޅުކަމާއެވެ! |
|