نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2886 | 25 | 31 | وكذلك جعلنا لكل نبي عدوا من المجرمين وكفى بربك هاديا ونصيرا |
| | | ހަމައެފަދައިން، ތިމަންރަސްކަލާނގެ ކޮންމެ ނަބިއްޔަކަށް ކުށްވެރިންގެ ތެރެއިން عدوّ އަކު ލެއްވީމެވެ. ތެދުމަގު ދައްކަވާ ކަލަކު ކަމުގައްޔާއި، މޮޅަށް نصر ދެއްވާ ކަލަކު ކަމުގައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެއެވެ. |
|
2887 | 25 | 32 | وقال الذين كفروا لولا نزل عليه القرآن جملة واحدة كذلك لنثبت به فؤادك ورتلناه ترتيلا |
| | | كافر ވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ قرآن ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ قرآن ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ. |
|
2888 | 25 | 33 | ولا يأتونك بمثل إلا جئناك بالحق وأحسن تفسيرا |
| | | އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް حق ބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ. |
|
2889 | 25 | 34 | الذين يحشرون على وجوههم إلى جهنم أولئك شر مكانا وأضل سبيلا |
| | | އެއުރެންގެ މޫނުވަތަށް ނަރަކަޔަށް އެއްކުރައްވާ މީހުން ދަންނާށެވެ! އެއުރެންނީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ ބަޔެކެވެ. އަދި މަގުފުރެދުންވެސް ބޮޑުވެގެންވާ ބަޔެއްމެއެވެ. |
|
2890 | 25 | 35 | ولقد آتينا موسى الكتاب وجعلنا معه أخاه هارون وزيرا |
| | | ހަމަކަށަވަރުން، موسى ގެފާނަށް ތިމަންރަސްކަލާނގެ ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ أخ، هارون ގެފާނު ވަޒީރަކު ކަމުގައި ލެއްވީމެވެ. |
|
2891 | 25 | 36 | فقلنا اذهبا إلى القوم الذين كذبوا بآياتنا فدمرناهم تدميرا |
| | | ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ. |
|
2892 | 25 | 37 | وقوم نوح لما كذبوا الرسل أغرقناهم وجعلناهم للناس آية وأعتدنا للظالمين عذابا أليما |
| | | އަދި نوح ގެފާނުގެ قوم ގެމީހުން، رسول ން ދޮގުކުޅަހިނދު، ތިމަންރަސްކަލާނގެ އެއުރެން غرق ކުރެއްވީމެވެ. އަދި މީސްތަކުންނަށް عبرة އެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ. |
|
2893 | 25 | 38 | وعادا وثمود وأصحاب الرس وقرونا بين ذلك كثيرا |
| | | އަދި عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، رس ގެأهل ވެރިންނާއި، އެދެމެދުގައިވާ އެތައް ޖީލުތަކެއްވެސްމެއެވެ. (ނޯޓު: رس ގެ أهل ވެރިންނީ، نجد ކަރައިގެ يمامة އެވެ ކިޔާ ރަށުގައި އުޅުނު ބަޔެއްކަމަށް ވެއެވެ.) |
|
2894 | 25 | 39 | وكلا ضربنا له الأمثال وكلا تبرنا تتبيرا |
| | | އެއިން ކޮންމެ ބަޔަކަށްމެ، ތިމަންރަސްކަލާނގެ މިސާލުތައް ދައްކަވައި، إنذار ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިންކޮންމެ ބަޔަކުމެ، ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ. |
|
2895 | 25 | 40 | ولقد أتوا على القرية التي أمطرت مطر السوء أفلم يكونوا يرونها بل كانوا لا يرجون نشورا |
| | | ހަމަކަށަވަރުން، ނުބައިކަމުގެ ވާރެއިން ވާރޭވެހުނު ރަށް (އެބަހީ: لوط ބާގައިމީހުން އުޅުނު سَدُوم އެވެ ކިޔާ ރަށް) ކަޑައްތުކޮށް އެއުރެން އައޫއެވެ. ފަހެ، އެއުރެން އެތަން ދެކޭކަމުގައި ނުވޭހެއްޔެވެ؟ އަދި ކިއެއްތަ! އަލުން ދިރުއްވުމަކަށް ފޮނުއްވާނެ ކަމާމެދު، ބިރުވެތިނުވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ. |
|