نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2723 | 23 | 50 | وجعلنا ابن مريم وأمه آية وآويناهما إلى ربوة ذات قرار ومعين |
| | | އަދި مريم ގެފާނުގެ ދަރިކަލުންނާއި، އެ ދަރިކަލުންގެ މައިކަމަނާ (ކުޅަދުންވަންތަކަމުގެ) ހެތްކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ހަމަޖެހޭ ދިރިއުޅުމަކާއި، ފެންއާރުތަކެއްގެވެރި އުސްބިމެއްގައި، ތިމަންރަސްކަލާނގެ އެ ދެމައިކަނބަލުންނަށް ހިޔާވަހިކަން ދެއްވީމެވެ. |
|
2724 | 23 | 51 | يا أيها الرسل كلوا من الطيبات واعملوا صالحا إني بما تعملون عليم |
| | | (އެކަލާނގެ وحى ކުރެއްވިއެވެ.) އޭ رسول ންނޭވެ! حلال ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
2725 | 23 | 52 | وإن هذه أمتكم أمة واحدة وأنا ربكم فاتقون |
| | | އަދި ހަމަކަށަވަރުން، މިއީ އެއް أمّة އެއް ކަމުގައިވާ، ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوى ވެރިވާށެވެ! |
|
2726 | 23 | 53 | فتقطعوا أمرهم بينهم زبرا كل حزب بما لديهم فرحون |
| | | ފަހެ، އެއުރެންގެ دين ގެ ކަންތައް، އެއުރެންގެ މެދުގައި ތަފާތު ބައިތަކަކަށް އެއުރެން ބައިކުރޫއެވެ. ކޮންމެބަޔަކުމެ، އެ ބަޔަކުގެ ގާތުގައިވާ ގޮތާމެދު އުފަލުން ތިބެތެވެ. |
|
2727 | 23 | 54 | فذرهم في غمرتهم حتى حين |
| | | ފަހެ، އެއުރެންގެ މަގުފުރެދުމުގެތެރޭގައި، ހިނދުކޮޅަކަށް ދާނދެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
|
2728 | 23 | 55 | أيحسبون أنما نمدهم به من مال وبنين |
| | | ފަހެ، އެއުރެންގެ މަގުފުރެދުމުގެތެރޭގައި، ހިނދުކޮޅަކަށް ދާނދެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ! |
|
2729 | 23 | 56 | نسارع لهم في الخيرات بل لا يشعرون |
| | | މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ حقيقة) ނޭނގެނީއެވެ. |
|
2730 | 23 | 57 | إن الذين هم من خشية ربهم مشفقون |
| | | ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވުމުން އެކަލާނގެ عذاب އަށް ބިރުވެތިވާ މީހުންނެވެ. |
|
2731 | 23 | 58 | والذين هم بآيات ربهم يؤمنون |
| | | އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށް إيمان ވާ މީހުންނެވެ. |
|
2732 | 23 | 59 | والذين هم بربهم لا يشركون |
| | | އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ނުކުރާ މީހުންނެވެ. |
|