نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2713 | 23 | 40 | قال عما قليل ليصبحن نادمين |
| | | އެކަލާނގެ وحى ކުރެއްވިއެވެ. ކުޑަހިނދުކޮޅަކުން އެއުރެން ހިތާމަކުރާ ބަޔަކުކަމުގައި ވާނޭކަން ކަށަވަރެވެ. |
|
2714 | 23 | 41 | فأخذتهم الصيحة بالحق فجعلناهم غثاء فبعدا للقوم الظالمين |
| | | ފަހެ، حق ގޮތުގައި އައި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ. |
|
2715 | 23 | 42 | ثم أنشأنا من بعدهم قرونا آخرين |
| | | ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل ތަކެއްގެ ބަޔަކު އުފެއްދެވީމެވެ. |
|
2716 | 23 | 43 | ما تسبق من أمة أجلها وما يستأخرون |
| | | އެއްވެސް أمّة އަކަށް، އެ أمّة އެއްގެ أجل އިހެއްނުކުރައްވާނެތެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ. |
|
2717 | 23 | 44 | ثم أرسلنا رسلنا تترى كل ما جاء أمة رسولها كذبوه فأتبعنا بعضهم بعضا وجعلناهم أحاديث فبعدا لقوم لا يؤمنون |
| | | ދެން ތިމަންރަސްކަލާނގެ رسول ން އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ވަޑައިގަންނަވާގޮތުގައި ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة ގެ رسول އާ ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އެބޭކަލަކު ދޮގުކުރިއެވެ. ފަހެ، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ފަހަތުން ފޮނުއްވައި ނެތިކުރެއްވީމެވެ. އަދި ދެކެވޭ ވާހަކަތަކެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، إيمان ނުވާ ބަޔަކަށް ހަލާކާއި ގެއްލުންހުށްޓެވެ. |
|
2718 | 23 | 45 | ثم أرسلنا موسى وأخاه هارون بآياتنا وسلطان مبين |
| | | ދެން ތިމަންރަސްކަލާނގެ ހެކިތަކާއި، ބަޔާންވެގެންވާ ބާރަކާއެކު موسى ގެފާނާއި، އެކަލޭގެފާނުގެ أخ، هارون ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. |
|
2719 | 23 | 46 | إلى فرعون وملئه فاستكبروا وكانوا قوما عالين |
| | | (އެއީ) فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން ބޮޑާވެގަތެވެ. އަދި كبر ވެރިވެގަތް ބަޔަކުކަމުގައި އެއުރެންވޫއެވެ. |
|
2720 | 23 | 47 | فقالوا أنؤمن لبشرين مثلنا وقومهما لنا عابدون |
| | | ފަހެ، އެއުރެން ބުނޫއެވެ. ތިމަންމެންކަހަލަ آدم ގެދަރި ދެމީހަކަށް ތިމަންމެން إيمان ވާނެ ހެއްޔެވެ؟ އެ ދެމީހުންގެ قوم ގެމީހުން، ތިމަންމެންނަށް ކިޔަމަންވާ އަޅުންކަމުގައިވާ حال ގައެވެ. |
|
2721 | 23 | 48 | فكذبوهما فكانوا من المهلكين |
| | | ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ހަލާކުކުރައްވައި، ނެތިކުރެއްވި މީހުންގެ ތެރެއިން އެއުރެންވޫއެވެ. |
|
2722 | 23 | 49 | ولقد آتينا موسى الكتاب لعلهم يهتدون |
| | | އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ. |
|