نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2702 | 23 | 29 | وقل رب أنزلني منزلا مباركا وأنت خير المنزلين |
| | | އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! بركات ތެރި منـزل އަކަށް މިއަޅާ ބާލުއްވައިފާނދޭވެ! އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، (منـزل އަށް) ބާލުއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ. |
|
2703 | 23 | 30 | إن في ذلك لآيات وإن كنا لمبتلين |
| | | ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (މީސްތަކުން) امتحان ކުރައްވަމެވެ. |
|
2704 | 23 | 31 | ثم أنشأنا من بعدهم قرنا آخرين |
| | | ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل އެއްގެބަޔަކު އުފެއްދެވީމެވެ. |
|
2705 | 23 | 32 | فأرسلنا فيهم رسولا منهم أن اعبدوا الله ما لكم من إله غيره أفلا تتقون |
| | | ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެގާތަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށޭ އަންގަވަމުންނެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟ |
|
2706 | 23 | 33 | وقال الملأ من قومه الذين كفروا وكذبوا بلقاء الآخرة وأترفناهم في الحياة الدنيا ما هذا إلا بشر مثلكم يأكل مما تأكلون منه ويشرب مما تشربون |
| | | އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كافر ވެ، އަދި آخرة އާ ބައްދަލުވާނޭކަން ދޮގުކޮށްއުޅުނު، އަދި ދުނިޔޭގެ حياة ގައި ތަނަވަސްކަމާއި، نعمة އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެމީހުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އޭނާވެސް ކައިއުޅެތެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއިއުޅެތެވެ. |
|
2707 | 23 | 34 | ولئن أطعتم بشرا مثلكم إنكم إذا لخاسرون |
| | | އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކަހަލަ آدم ގެދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެހިނދު ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ. |
|
2708 | 23 | 35 | أيعدكم أنكم إذا متم وكنتم ترابا وعظاما أنكم مخرجون |
| | | ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވެއްޖެހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެހިނދު، އަލުންދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް وعد ކުރަނީހެއްޔެވެ؟ |
|
2709 | 23 | 36 | هيهات هيهات لما توعدون |
| | | ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތައް ދުރުވެގެންވެއެވެ. (ވަރަށް) ދުރުވެގެންވެއެވެ. |
|
2710 | 23 | 37 | إن هي إلا حياتنا الدنيا نموت ونحيا وما نحن بمبعوثين |
| | | އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. |
|
2711 | 23 | 38 | إن هو إلا رجل افترى على الله كذبا وما نحن له بمؤمنين |
| | | اللَّه އާމެދު ހަދައިގެން ދޮގެއް ބުނި ފިރިހެނަކު ކަމުގައިނޫނީ، އޭނާ ނުވެތެވެ. އަދި އޭނާޔަށް إيمان ވާބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ. |
|