نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2699 | 23 | 26 | قال رب انصرني بما كذبون |
| | | އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ! |
|
2700 | 23 | 27 | فأوحينا إليه أن اصنع الفلك بأعيننا ووحينا فإذا جاء أمرنا وفار التنور فاسلك فيها من كل زوجين اثنين وأهلك إلا من سبق عليه القول منهم ولا تخاطبني في الذين ظلموا إنهم مغرقون |
| | | ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި، ތިމަންރަސްކަލާނގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފިހިނދު، ފަހެ، އެހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެއުރެންގެ ތެރެއިން ހަލާކުވުމުގެ أمر ފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ أهل ވެރިން އެ ނާކޮޅަށް ލައްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ، غرق ކުރައްވާނޭ މީހުންނެވެ. |
|
2701 | 23 | 28 | فإذا استويت أنت ومن معك على الفلك فقل الحمد لله الذي نجانا من القوم الظالمين |
| | | ފަހެ، ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން ނާކޮޅަށް އަރައި އޭގައި ހަމަޖެހޭހިނދު، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ. اللَّه އަށް حمد ހުށްޓެވެ. އެކަލާނގެއީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ. |
|
2702 | 23 | 29 | وقل رب أنزلني منزلا مباركا وأنت خير المنزلين |
| | | އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! بركات ތެރި منـزل އަކަށް މިއަޅާ ބާލުއްވައިފާނދޭވެ! އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، (منـزل އަށް) ބާލުއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ. |
|
2703 | 23 | 30 | إن في ذلك لآيات وإن كنا لمبتلين |
| | | ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (މީސްތަކުން) امتحان ކުރައްވަމެވެ. |
|
2704 | 23 | 31 | ثم أنشأنا من بعدهم قرنا آخرين |
| | | ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل އެއްގެބަޔަކު އުފެއްދެވީމެވެ. |
|
2705 | 23 | 32 | فأرسلنا فيهم رسولا منهم أن اعبدوا الله ما لكم من إله غيره أفلا تتقون |
| | | ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެގާތަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށޭ އަންގަވަމުންނެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟ |
|
2706 | 23 | 33 | وقال الملأ من قومه الذين كفروا وكذبوا بلقاء الآخرة وأترفناهم في الحياة الدنيا ما هذا إلا بشر مثلكم يأكل مما تأكلون منه ويشرب مما تشربون |
| | | އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كافر ވެ، އަދި آخرة އާ ބައްދަލުވާނޭކަން ދޮގުކޮށްއުޅުނު، އަދި ދުނިޔޭގެ حياة ގައި ތަނަވަސްކަމާއި، نعمة އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެމީހުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އޭނާވެސް ކައިއުޅެތެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއިއުޅެތެވެ. |
|
2707 | 23 | 34 | ولئن أطعتم بشرا مثلكم إنكم إذا لخاسرون |
| | | އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކަހަލަ آدم ގެދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެހިނދު ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ. |
|
2708 | 23 | 35 | أيعدكم أنكم إذا متم وكنتم ترابا وعظاما أنكم مخرجون |
| | | ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވެއްޖެހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެހިނދު، އަލުންދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް وعد ކުރަނީހެއްޔެވެ؟ |
|