نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
270 | 2 | 263 | قول معروف ومغفرة خير من صدقة يتبعها أذى والله غني حليم |
| | | އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ. اللَّه އީ، ފުދިވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެއެވެ. |
|
271 | 2 | 264 | يا أيها الذين آمنوا لا تبطلوا صدقاتكم بالمن والأذى كالذي ينفق ماله رئاء الناس ولا يؤمن بالله واليوم الآخر فمثله كمثل صفوان عليه تراب فأصابه وابل فتركه صلدا لا يقدرون على شيء مما كسبوا والله لا يهدي القوم الكافرين |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ مثال ފަދައިންނެވެ. اللَّه އަށާއި آخرة ދުވަހަށް އޭނާ إيمان އެއް ނުވެތެވެ. ފަހެ، އޭނާގެ مثال އީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ مثال އެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ عمل އަށް آخرة ދުވަހުން އެއުރެންނަކަށް އެއްވެސް ثواب އެއް ނުލިބޭ ހުށްޓެވެ.) كافر ވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. |
|
272 | 2 | 265 | ومثل الذين ينفقون أموالهم ابتغاء مرضات الله وتثبيتا من أنفسهم كمثل جنة بربوة أصابها وابل فآتت أكلها ضعفين فإن لم يصبها وابل فطل والله بما تعملون بصير |
| | | އަދި، اللَّه ގެ ރުއްސެވުންއެދި، އަދި، (اللَّه ގެ ثواب އާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ نفس ތަކުން يقين ކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ مثال އެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
273 | 2 | 266 | أيود أحدكم أن تكون له جنة من نخيل وأعناب تجري من تحتها الأنهار له فيها من كل الثمرات وأصابه الكبر وله ذرية ضعفاء فأصابها إعصار فيه نار فاحترقت كذلك يبين الله لكم الآيات لعلكم تتفكرون |
| | | ކަދުރު ރުކާއި، މޭބިސްކަދުރު ހުރި ބަގީޗާއެއް އެ މީހަކަށް ލިބި، އެ ބަގީޗާގެ ދަށުން ކޯރުތައް ހިނގަހިނގާހުރެ، އެތަނުން އޭނާއަށް ހުރިހާ ބާވަތެއްގެ މޭވާ ލިބި، ދެން އޭނާއަށް ނިކަމެތި ޅަދަރިންތަކެއްވާ حال ގައި، (މަސައްކަތެއް ނުކުރެވޭ ވަރަށް) އޭނާއަށް މުސްކުޅިކަން އައިސްފައިވަނިކޮށް، ދެން، އަލިފާންހުރި ވައިގެ ގަދަ ކޮޅިގަނޑެއް އެ ބަގީޗާއަށްޖެހި އަނދައިގެންދާ ބަގީޗާއެއް އޮތުމަށް، ތިޔަބައިމީހުންކުރެ އެކަކުވެސް ހިތްއެދޭނެ ހެއްޔެވެ؟ އެފަދައިން، ތިޔަބައިމީހުންނަށް، اللَّه، آية ތައް ބަޔާންކޮށްދެއްވަނީ ތިޔަބައިމީހުން ފިކުރު ކުޅައުމަށްޓަކައެވެ. |
|
274 | 2 | 267 | يا أيها الذين آمنوا أنفقوا من طيبات ما كسبتم ومما أخرجنا لكم من الأرض ولا تيمموا الخبيث منه تنفقون ولستم بآخذيه إلا أن تغمضوا فيه واعلموا أن الله غني حميد |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންރަސްކަލާނގެ ނެރެދެއްވި ތަކެތިންވެސް މެއެވެ. އަދި، އެއިން ހޭދަކުރުމަށްޓަކައި، ދެރަ ތަކެތި قصد ނުކުރާށެވެ! ތިޔަބައިމީހުން (އެފަދަ ތަކެތީގައި ހިފާންޖެހޭ މީހުން ކަމުގައިވާނަމަ) އެ ތަކެއްޗާމެދު ނުރުހުންވެ ލޯމަރައިގެން ނޫނީ އެ ތަކެތީގައި ތިޔަބައިމީހުންވެސް ނުހިފާނޫއެވެ. ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިިބިވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! |
|
275 | 2 | 268 | الشيطان يعدكم الفقر ويأمركم بالفحشاء والله يعدكم مغفرة منه وفضلا والله واسع عليم |
| | | فقير ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި، އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެތެވެ. اللَّه، ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
276 | 2 | 269 | يؤتي الحكمة من يشاء ومن يؤت الحكمة فقد أوتي خيرا كثيرا وما يذكر إلا أولو الألباب |
| | | އެކަލާނގެ އިރާދަކުރައްވާ މީހަކަށް حكمة ދެއްވައެވެ. އަދި، (އެމީހަކަށް) حكمة ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ أهل ވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ. |
|
277 | 2 | 270 | وما أنفقتم من نفقة أو نذرتم من نذر فإن الله يعلمه وما للظالمين من أنصار |
| | | އަދި، ހޭދަކުރުމުގެ ތެރެއިން ތިޔަބައިމީހުންކުރި ހޭދައެއް، ނުވަތަ، ނަދުރުގެ ތެރެއިން ތިޔަބައިމީހުން ގަތް ނަދުރެއް، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެއެވެ. އަނިޔާވެރިންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ. |
|
278 | 2 | 271 | إن تبدوا الصدقات فنعما هي وإن تخفوها وتؤتوها الفقراء فهو خير لكم ويكفر عنكم من سيئاتكم والله بما تعملون خبير |
| | | (واجب ނޫން) صدقات ތައް، ތިޔަބައިމީހުން ފާޅުގައި ދެނީނަމަ، ފަހެ، އެއީ ނުހަނު މޮޅު ކަމެކެވެ. އަދި، ތިޔަބައިމީހުން ވަންހަނާކޮށް، އެ صدقات ތައް فقير ންނަށް ދެނީނަމަަ، ތިޔަބައިމީހުންނަށް އެކަމުގެ ހެޔޮކަން މާބޮޑެވެ. އަދި، އެއީ، ތިޔަބައިމީހުންގެ ކުށްތަކުން ބައެއް ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ ފުއްސަވާނޭ ކަމެކެވެ. اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
279 | 2 | 272 | ليس عليك هداهم ولكن الله يهدي من يشاء وما تنفقوا من خير فلأنفسكم وما تنفقون إلا ابتغاء وجه الله وما تنفقوا من خير يوف إليكم وأنتم لا تظلمون |
| | | އެއުރެންނަށް ތެދުމަގު ދެއްކެވުމަކީ، ކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. (ކަލޭގެފާނަށްއޮތީ އިއްވެވުމެވެ.) އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތެދުމަގު ދައްކަވައެވެ. އަދި، ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް (ގެ ثواب) ލިބޭހުށީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި، اللَّه ގެ وجه ފުޅު އެދިގެން މެނުވީ، ތިޔަބައިމީހުން ހޭދައެއް ނުކުރަމުއެވެ. އަދި، މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ثواب އާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި، ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ. |
|