نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2653 | 22 | 58 | والذين هاجروا في سبيل الله ثم قتلوا أو ماتوا ليرزقنهم الله رزقا حسنا وإن الله لهو خير الرازقين |
| | | އަދި اللَّه ގެ މަގުގައި هجرة ކޮށް، ދެން (ހަނގުރާމަކޮށް) قتل ވީ މީހުންނަށް، ނުވަތަ މަރުވި މީހުންނަށް، ހަމަކަށަވަރުން، اللَّه، އެއުރެންނަށް ރަނގަޅު رزق ން رزق ދެއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، رزق ދެއްވާ އެންމެހެޔޮ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2654 | 22 | 59 | ليدخلنهم مدخلا يرضونه وإن الله لعليم حليم |
| | | ހަމަކަށަވަރުން، އެއުރެން ރުހޭތަނަކަށް (އެބަހީ: ސުވަރުގެއަށް) އެކަލާނގެ، އެއުރެން ވައްދަވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2655 | 22 | 60 | ذلك ومن عاقب بمثل ما عوقب به ثم بغي عليه لينصرنه الله إن الله لعفو غفور |
| | | (ކަންހުރިމަގީ) އެއީއެވެ. އަދި އެމީހަކަށް ލިބުނު އަނިޔާއާ އެއްފަދަ ޖަޒާއެއް ދީފިމީހާ، ދެން އޭނާގެމައްޗަށް އަނިޔާ އިތުރަށް ދީފިނަމަ، ހަމަކަށަވަރުން، اللَّه، އޭނާޔަށް نصر ދެއްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2656 | 22 | 61 | ذلك بأن الله يولج الليل في النهار ويولج النهار في الليل وأن الله سميع بصير |
| | | އެހެނީ، ހަމަކަށަވަރުން، اللَّه، ދުވާލުގެތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، ރަސްކަލާނގެއެވެ. |
|
2657 | 22 | 62 | ذلك بأن الله هو الحق وأن ما يدعون من دونه هو الباطل وأن الله هو العلي الكبير |
| | | އެހެނީ، ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ باطل ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އެންމެމަތިވެރި، އެންމެعظمة ތެރި ރަސްކަލާނގެއެވެ. |
|
2658 | 22 | 63 | ألم تر أن الله أنزل من السماء ماء فتصبح الأرض مخضرة إن الله لطيف خبير |
| | | ހަމަކަށަވަރުން، اللَّه، އުޑުން ފެންވެއްސަވައި، ދެން (ގަސްގަހާގެހިން) ބިންގަނޑަށް ފެހިކަންލިބޭތީ ތިބާ ނުދެކެމުހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
2659 | 22 | 64 | له ما في السماوات وما في الأرض وإن الله لهو الغني الحميد |
| | | އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2660 | 22 | 65 | ألم تر أن الله سخر لكم ما في الأرض والفلك تجري في البحر بأمره ويمسك السماء أن تقع على الأرض إلا بإذنه إن الله بالناس لرءوف رحيم |
| | | ހަމަކަށަވަރުން، اللَّه، ބިމުގައިވާހާތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިކަމާއި، ކަނޑުގައި ނާފަހަރު ދުވަނީ، އެކަލާނގެ أمر ފުޅާ އެކުގައިކަމާއި، އެކަލާނގެ إذن ފުޅާލައިގެން މެނުވީ، ބިމުގެ މައްޗަށް އުޑު ނުވެއްޓޭގޮތުން ހިފަހައްޓަވާކަން، ތިބާއަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2661 | 22 | 66 | وهو الذي أحياكم ثم يميتكم ثم يحييكم إن الإنسان لكفور |
| | | އެކަލާނގެއީ، ތިޔަބައިމީހުން (ނެތުމުގެތެރެއިން) ދިރުއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން (އަލުން) ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އިންސާނާއަކީ (نعمة ތަކަށް) ދެކޮޅުހަދައި، كافر ވުން ބޮޑު މީހެއްކަން ކަށަވަރެވެ. |
|
2662 | 22 | 67 | لكل أمة جعلنا منسكا هم ناسكوه فلا ينازعنك في الأمر وادع إلى ربك إنك لعلى هدى مستقيم |
| | | ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް شريعة އެއް، އެއުރެން އެއަށް تبع ވުމަށްޓަކައި ލެއްވީމެވެ. ފަހެ، އެއުރެން އެކަންތަކާމެދު ކަލޭގެފާނާ ޖަދަލު ނުކުރާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެމަގަށް (މީސްތަކުންނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ هداية އެއްގެ މަތީގައިކަން ކަށަވަރެވެ. |
|