نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2650 | 22 | 55 | ولا يزال الذين كفروا في مرية منه حتى تأتيهم الساعة بغتة أو يأتيهم عذاب يوم عقيم |
| | | كافر ވިމީހުން، އެ قرآن އާމެދު شك ކަމެއްގައި ތިބުމުން ފިލައިނުދެތެވެ. قيامة ވުމުގެ ވަގުތު ކުއްލިއަކަށް އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ. ނުވަތަ ރޭގަނޑެއް ނެތް ދުވަހެއްގެ (އެބަހީ: قيامة ދުވަހުގެ) عذاب، އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ. |
|
2651 | 22 | 56 | الملك يومئذ لله يحكم بينهم فالذين آمنوا وعملوا الصالحات في جنات النعيم |
| | | އެދުވަހުން، ވެރިކަން މިލްކުވެގެންވަނީ اللَّه އަށެވެ. އެއުރެންގެ މެދުގައި އެކަލާނގެ حكم ކުރައްވާނެތެވެ. ފަހެ، إيمان ވެ صالح عمل ތައްކުޅަމީހުން ވާހުށީ، نعمة ގެ ސުވަރުގެތަކުގައެވެ. |
|
2652 | 22 | 57 | والذين كفروا وكذبوا بآياتنا فأولئك لهم عذاب مهين |
| | | އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް إهانة ތެރިކަން ދެނިވި عذاب ހުށްޓެވެ. |
|
2653 | 22 | 58 | والذين هاجروا في سبيل الله ثم قتلوا أو ماتوا ليرزقنهم الله رزقا حسنا وإن الله لهو خير الرازقين |
| | | އަދި اللَّه ގެ މަގުގައި هجرة ކޮށް، ދެން (ހަނގުރާމަކޮށް) قتل ވީ މީހުންނަށް، ނުވަތަ މަރުވި މީހުންނަށް، ހަމަކަށަވަރުން، اللَّه، އެއުރެންނަށް ރަނގަޅު رزق ން رزق ދެއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، رزق ދެއްވާ އެންމެހެޔޮ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2654 | 22 | 59 | ليدخلنهم مدخلا يرضونه وإن الله لعليم حليم |
| | | ހަމަކަށަވަރުން، އެއުރެން ރުހޭތަނަކަށް (އެބަހީ: ސުވަރުގެއަށް) އެކަލާނގެ، އެއުރެން ވައްދަވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2655 | 22 | 60 | ذلك ومن عاقب بمثل ما عوقب به ثم بغي عليه لينصرنه الله إن الله لعفو غفور |
| | | (ކަންހުރިމަގީ) އެއީއެވެ. އަދި އެމީހަކަށް ލިބުނު އަނިޔާއާ އެއްފަދަ ޖަޒާއެއް ދީފިމީހާ، ދެން އޭނާގެމައްޗަށް އަނިޔާ އިތުރަށް ދީފިނަމަ، ހަމަކަށަވަރުން، اللَّه، އޭނާޔަށް نصر ދެއްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2656 | 22 | 61 | ذلك بأن الله يولج الليل في النهار ويولج النهار في الليل وأن الله سميع بصير |
| | | އެހެނީ، ހަމަކަށަވަރުން، اللَّه، ދުވާލުގެތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، ރަސްކަލާނގެއެވެ. |
|
2657 | 22 | 62 | ذلك بأن الله هو الحق وأن ما يدعون من دونه هو الباطل وأن الله هو العلي الكبير |
| | | އެހެނީ، ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ باطل ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އެންމެމަތިވެރި، އެންމެعظمة ތެރި ރަސްކަލާނގެއެވެ. |
|
2658 | 22 | 63 | ألم تر أن الله أنزل من السماء ماء فتصبح الأرض مخضرة إن الله لطيف خبير |
| | | ހަމަކަށަވަރުން، اللَّه، އުޑުން ފެންވެއްސަވައި، ދެން (ގަސްގަހާގެހިން) ބިންގަނޑަށް ފެހިކަންލިބޭތީ ތިބާ ނުދެކެމުހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
2659 | 22 | 64 | له ما في السماوات وما في الأرض وإن الله لهو الغني الحميد |
| | | އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ. |
|