نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2631 | 22 | 36 | والبدن جعلناها لكم من شعائر الله لكم فيها خير فاذكروا اسم الله عليها صواف فإذا وجبت جنوبها فكلوا منها وأطعموا القانع والمعتر كذلك سخرناها لكم لعلكم تشكرون |
| | | ތިޔަބައިމީހުންނަށްޓަކައި، ޖަމަލުވެސް اللَّه ގެ شعائر ތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް اللَّه ގެ اسم ފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި سؤال ކުރާ فقير ންނާއި، سؤال ނުކުރާ فقير ންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ އެތަކެތި خدمة ތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ. |
|
2632 | 22 | 37 | لن ينال الله لحومها ولا دماؤها ولكن يناله التقوى منكم كذلك سخرها لكم لتكبروا الله على ما هداكم وبشر المحسنين |
| | | އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، اللَّه އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ! |
|
2633 | 22 | 38 | إن الله يدافع عن الذين آمنوا إن الله لا يحب كل خوان كفور |
| | | ހަމަކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަކަށަވަރުން، خيانة ތެރިވެ، كافر ވާ ކޮންމެ މީހަކަށް، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. |
|
2634 | 22 | 39 | أذن للذين يقاتلون بأنهم ظلموا وإن الله على نصرهم لقدير |
| | | ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ. |
|
2635 | 22 | 40 | الذين أخرجوا من ديارهم بغير حق إلا أن يقولوا ربنا الله ولولا دفع الله الناس بعضهم ببعض لهدمت صوامع وبيع وصلوات ومساجد يذكر فيها اسم الله كثيرا ولينصرن الله من ينصره إن الله لقوي عزيز |
| | | އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް حق އަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، نصارى އިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، يهودى ންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ اسم ފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެކަލާނގެ نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. |
|
2636 | 22 | 41 | الذين إن مكناهم في الأرض أقاموا الصلاة وآتوا الزكاة وأمروا بالمعروف ونهوا عن المنكر ولله عاقبة الأمور |
| | | އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ. |
|
2637 | 22 | 42 | وإن يكذبوك فقد كذبت قبلهم قوم نوح وعاد وثمود |
| | | އެއުރެން ކަލޭގެފާނު ދޮގުކުޅަޔަސް، ހަމަކަށަވަރުން، އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން (އެއުރެންގެ رسول ން) ދޮގުކޮށްފައިވެއެވެ. |
|
2638 | 22 | 43 | وقوم إبراهيم وقوم لوط |
| | | އަދި إبراهيم ގެފާނުގެ قوم ގެމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންވެސްމެއެވެ. |
|
2639 | 22 | 44 | وأصحاب مدين وكذب موسى فأمليت للكافرين ثم أخذتهم فكيف كان نكير |
| | | އަދި مدين ގެ أهل ވެރިންވެސްމެއެވެ. އަދި موسى ގެފާނުވެސް ދޮގުކުރެވުނެވެ. ފަހެ، كافر ވި މީހުންނަށް، ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟ |
|
2640 | 22 | 45 | فكأين من قرية أهلكناها وهي ظالمة فهي خاوية على عروشها وبئر معطلة وقصر مشيد |
| | | އެރަށްތަކުގެ أهل ވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައްރަށް ހެއްޔެވެ؟ ފަހެ، އެ ރަށްރަށްވަނީ، ފުރާޅުތަކާއި، عمارات ތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރު ހެއްޔެވެ؟ |
|