نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
263 | 2 | 256 | لا إكراه في الدين قد تبين الرشد من الغي فمن يكفر بالطاغوت ويؤمن بالله فقد استمسك بالعروة الوثقى لا انفصام لها والله سميع عليم |
| | | دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطان އާޔަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
264 | 2 | 257 | الله ولي الذين آمنوا يخرجهم من الظلمات إلى النور والذين كفروا أولياؤهم الطاغوت يخرجونهم من النور إلى الظلمات أولئك أصحاب النار هم فيها خالدون |
| | | اللَّه އީ، إيمان ވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެއުރެން ނެރުއްވައެވެ. އަދި، كافر ވި މީހުންގެ އެކުވެރި ވާގިވެރިންނަކީ، شيطان ންނެވެ. އަލިކަމުގެ ތެރެއިން އަނދިރިކަމަށް، އެ شيطان ން އެއުރެން ނެރެތެވެ. އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ. |
|
265 | 2 | 258 | ألم تر إلى الذي حاج إبراهيم في ربه أن آتاه الله الملك إذ قال إبراهيم ربي الذي يحيي ويميت قال أنا أحيي وأميت قال إبراهيم فإن الله يأتي بالشمس من المشرق فأت بها من المغرب فبهت الذي كفر والله لا يهدي القوم الظالمين |
| | | اللَّه، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدل ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) إبراهيم ގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ. إبراهيم ގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ كافر ވި ކަލޭގެ حيران ވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. |
|
266 | 2 | 259 | أو كالذي مر على قرية وهي خاوية على عروشها قال أنى يحيي هذه الله بعد موتها فأماته الله مائة عام ثم بعثه قال كم لبثت قال لبثت يوما أو بعض يوم قال بل لبثت مائة عام فانظر إلى طعامك وشرابك لم يتسنه وانظر إلى حمارك ولنجعلك آية للناس وانظر إلى العظام كيف ننشزها ثم نكسوها لحما فلما تبين له قال أعلم أن الله على كل شيء قدير |
| | | ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި عمارات ތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް ބޭކަލެއްގެ ވާހަކަޔާމެދު ކަލޭގެފާނު ވިސްނައި فكر ނުކުރައްވަމުތޯއެވެ؟ އޭނާ ވިދާޅުވިއެވެ. މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) اللَّه، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟ ދެން، اللَّه، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި حياة އަށް ފޮނުއްވިއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެފާނު އަވަހާރަވެފައި އޮންނެވީ ކިތައްދުވަހުތޯއެވެ؟ އޭނާ ދެންނެވިއެވެ. ތިމަންއަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާނދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ، ކަލޭގެފާނުގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބައްލަވާށެވެ! އެތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި، ކަލޭގެފާނުގެ حمار އަށް ބައްލަވާށެވެ! (އެކަން އެގޮތަށް ކުރެއްވީ ކަލޭގެފާނު ދެނެވަޑައިގަތުމަށްޓަކައެވެ.) އަދި، މީސްތަކުންނަށް ހެތްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށްޓަކައެވެ. އަދި، ތިމަންރަސްކަލާނގެ އެ ކަށިތައް އެއްކުރައްވައި، ދެން، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! ދެން، އޭނާއަށް އެކަން بيان ވެ އެނގިވަޑައިގަތްހިނދު ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލާނގެކަން يقين ކޮށް ދެނެގަންނަމެވެ. |
|
267 | 2 | 260 | وإذ قال إبراهيم رب أرني كيف تحيي الموتى قال أولم تؤمن قال بلى ولكن ليطمئن قلبي قال فخذ أربعة من الطير فصرهن إليك ثم اجعل على كل جبل منهن جزءا ثم ادعهن يأتينك سعيا واعلم أن الله عزيز حكيم |
| | | އަދި، إبراهيم ގެފާނު ދެންނެވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަރަސްކަލާނގެ މިއަޅާއަށް ދައްކަވައިފާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު إيمان ވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ނޫނެކެވެ! (މިއަޅާވަނީ إيمان ވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތްހަމަޖެހި إطمئنان ކަން ލިބުމަށްޓަކައެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ! ދެން އެ އެއްޗެތި ކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނަވައި، ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއްކުރައްވައި ހައްދަވާށެވެ! ދެން (ބައިކުރައްވައި) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ! ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ! އެހިނދު، އެ އެއްޗެތި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނަ ހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެކަން ދަންނާށެވެ! |
|
268 | 2 | 261 | مثل الذين ينفقون أموالهم في سبيل الله كمثل حبة أنبتت سبع سنابل في كل سنبلة مائة حبة والله يضاعف لمن يشاء والله واسع عليم |
| | | اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
269 | 2 | 262 | الذين ينفقون أموالهم في سبيل الله ثم لا يتبعون ما أنفقوا منا ولا أذى لهم أجرهم عند ربهم ولا خوف عليهم ولا هم يحزنون |
| | | އެއުރެންގެ މުދާ، اللَّه ގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެއުރެން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ عمل ން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެއުރެންގެ އުޖޫރަ (އެބަހީ: ثواب) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި އެއުރެންނަށް ވެއެވެ. އަދި، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. |
|
270 | 2 | 263 | قول معروف ومغفرة خير من صدقة يتبعها أذى والله غني حليم |
| | | އެ صدقات އަކާ ގުޅިގެން އުނދަގުލެއްދޭ صدقات އަކަށްވުރެ ރަނގަޅު ހެޔޮބަހެއް ބުނުން، އަދި عفو ކުރުން، ހެޔޮކަން މާބޮޑެވެ. اللَّه އީ، ފުދިވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެއެވެ. |
|
271 | 2 | 264 | يا أيها الذين آمنوا لا تبطلوا صدقاتكم بالمن والأذى كالذي ينفق ماله رئاء الناس ولا يؤمن بالله واليوم الآخر فمثله كمثل صفوان عليه تراب فأصابه وابل فتركه صلدا لا يقدرون على شيء مما كسبوا والله لا يهدي القوم الكافرين |
| | | އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ صدقات ތައް باطل ނުކުރާ ހުށިކަމެވެ! މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ مثال ފަދައިންނެވެ. اللَّه އަށާއި آخرة ދުވަހަށް އޭނާ إيمان އެއް ނުވެތެވެ. ފަހެ، އޭނާގެ مثال އީ، އެ ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭގަނޑެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތިގޮސްފައިވާ އޮމާން، ހިލަޔެއްގެ مثال އެވެ. އެއުރެން ކުޅަ މަސައްކަތުގެ ތެރެއިން އެއްވެސް އެއްޗެއްގެ މައްޗަށް އެއުރެންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެތެވެ. (އެބަހީ: އެއުރެން ކުޅަ عمل އަށް آخرة ދުވަހުން އެއުރެންނަކަށް އެއްވެސް ثواب އެއް ނުލިބޭ ހުށްޓެވެ.) كافر ވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. |
|
272 | 2 | 265 | ومثل الذين ينفقون أموالهم ابتغاء مرضات الله وتثبيتا من أنفسهم كمثل جنة بربوة أصابها وابل فآتت أكلها ضعفين فإن لم يصبها وابل فطل والله بما تعملون بصير |
| | | އަދި، اللَّه ގެ ރުއްސެވުންއެދި، އަދި، (اللَّه ގެ ثواب އާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ نفس ތަކުން يقين ކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ مثال އެވެ. (މިއިން ކޮންމެ ގޮތެއްގައިވެސް މޭވާ ލިބި އިތުރުވެއެވެ.) اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
|