نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2447 | 20 | 99 | كذلك نقص عليك من أنباء ما قد سبق وقد آتيناك من لدنا ذكرا |
| | | އިސްވެދިޔަ أمّة ތަކުގެ خبر ތަކުން ކަލޭގެފާނަށް ތިމަންރަސްކަލާނގެ ކިޔައިދެއްވަނީ، އެފަދައިންނެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން ކަލޭގެފާނަށް قرآن ދެއްވީމެވެ. |
|
2448 | 20 | 100 | من أعرض عنه فإنه يحمل يوم القيامة وزرا |
| | | އެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކު قيامة ދުވަހުން ބުރަދަންހުރި ފާފައެއް އުފުލާހުށްޓެވެ. |
|
2449 | 20 | 101 | خالدين فيه وساء لهم يوم القيامة حملا |
| | | އޭގެ عذاب ގައި އެއުރެން ދެމިތިބޭ حال ގައެވެ. އަދި قيامة ދުވަހުން އެއުރެން އުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ! |
|
2450 | 20 | 102 | يوم ينفخ في الصور ونحشر المجرمين يومئذ زرقا |
| | | ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ حال، محشر އަށް ފޮނުއްވާހުށީމެވެ. |
|
2451 | 20 | 103 | يتخافتون بينهم إن لبثتم إلا عشرا |
| | | އެއުރެންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ސިއްރު ވާހަކަ ދައްކަމުން ބުނާނެތެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) ދިހަ ދުވަހު މެނުވީ ނުތިބެމުއެވެ. |
|
2452 | 20 | 104 | نحن أعلم بما يقولون إذ يقول أمثلهم طريقة إن لبثتم إلا يوما |
| | | އެއުރެން (އެބަހީ: كافر ން) ބުނެއުޅޭ ބަސްތައް ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ. އެއުރެންކުރެ އެންމެ ރަނގަޅުގޮތަށް ވިސްނިމީހާ ބުނިހިނދެވެ. ތިޔަބައިމީހުން އެންމެ ދުވަހަކު މެނުވީ ނުތިބެމުއެވެ. |
|
2453 | 20 | 105 | ويسألونك عن الجبال فقل ينسفها ربي نسفا |
| | | އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ. |
|
2454 | 20 | 106 | فيذرها قاعا صفصفا |
| | | ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ. |
|
2455 | 20 | 107 | لا ترى فيها عوجا ولا أمتا |
| | | އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. |
|
2456 | 20 | 108 | يومئذ يتبعون الداعي لا عوج له وخشعت الأصوات للرحمن فلا تسمع إلا همسا |
| | | އެދުވަހުން ގޮވައިލާމީހާއަށް އެއުރެން تبع ވާނެތެވެ. އެކަމަށް އެއްވެސް ގުދުކަމެއްނެތެވެ. އަދި رحمن ވަންތަ ރަސްކަލާނގެއަށް (ބިރުވެތިވެ) އަޑުތައް ހިމޭންވާނެއެވެ. ފަހެ (ފިޔަވަޅުގެ އަޑުކަހަލަ) މަޑު އަޑެއް މެނުވީ ތިބާޔަކަށް ނީވޭނެތެވެ. |
|