نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2430 | 20 | 82 | وإني لغفار لمن تاب وآمن وعمل صالحا ثم اهتدى |
| | | توبة ވެ إيمان ވެ صالح عمل ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްްކަލާނގެކަން ކަށަވަރެވެ. |
|
2431 | 20 | 83 | وما أعجلك عن قومك يا موسى |
| | | އޭ موسى ގެފާނެވެ! ކަލޭގެފާނުގެ قوم ގެމީހުންނަށްވުރެން އަވަސްވެވަޑައިގެން ވަޑައިގަންނަވަންޖެހުނީ ކީއްވެގެންތޯއެވެ؟ |
|
2432 | 20 | 84 | قال هم أولاء على أثري وعجلت إليك رب لترضى |
| | | އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة އަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ. |
|
2433 | 20 | 85 | قال فإنا قد فتنا قومك من بعدك وأضلهم السامري |
| | | އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަހުގައި، ކަލޭގެފާނުގެ قوم ގެމީހުން امتحان ކުރެއްވީމެވެ. އަދި السّامرىّ (އޭ ކިއުނު މީހަކު) އެއުރެން މަގުފުރެއްދިއެވެ. |
|
2434 | 20 | 86 | فرجع موسى إلى قومه غضبان أسفا قال يا قوم ألم يعدكم ربكم وعدا حسنا أفطال عليكم العهد أم أردتم أن يحل عليكم غضب من ربكم فأخلفتم موعدي |
| | | ފަހެ، موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް އެނބުރި ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށް ރަނގަޅު وعد އަކުން وعد އެއް ނުކުރައްވާހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ މައްޗަށް ޒަމާން ދިގުވެގެން ދިޔައީހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ކޯފާއެއް އައުމަށް ތިޔަބައިމީހުން އެދެނީހެއްޔެވެ؟ އެހެނީ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ކުރި وعد އާ خلاف ވެއްޖައީމުއެވެ. |
|
2435 | 20 | 87 | قالوا ما أخلفنا موعدك بملكنا ولكنا حملنا أوزارا من زينة القوم فقذفناها فكذلك ألقى السامري |
| | | އެއުރެން ދެންނެވޫއެވެ. ތިމަންމެން އަމިއްލަ اختيار އަކުން ކަލޭގެފާނަށް ކުޅަ وعد އަކާ خلاف އެއް ނުވަމުއެވެ. އެހެެނެއްކަމަކު، قوم ގެމީހުންގެ ގަހަނާތަކުން ބުރަތަކެއް ތިމަންމެންނަށް އުފުލާން ޖެހުނީއެވެ. ފަހެ، ތިމަންމެން އެ ގަހަނާތައް (އަލިފާންގަނޑަށް) އުކީމުއެވެ. ހަމައެފަދައިން السّامرىّ ވެސް އުކިއެވެ. |
|
2436 | 20 | 88 | فأخرج لهم عجلا جسدا له خوار فقالوا هذا إلهكم وإله موسى فنسي |
| | | ފަހެ، އޭނާ އެއުރެންނަށް ޅަ ގެރިއެއްގެ ސިފައިގައިވާ، އަދި އޭގެ އަޑުކަހަލަ އަޑެއްވާ ހަށިގަނޑެއް ނެރެދިނެވެ. ފަހެ، އެއުރެން ބުނޫއެވެ. މިއީ ތިޔަބައިމީހުންގެ إله އެވެ. އަދި موسى ގެފާނުގެވެސް إله އެވެ. (އެކަން އެންގެވުމަށް) موسى ގެފާނު ހަނދުމަފުޅު ނެތުނީއެވެ. |
|
2437 | 20 | 89 | أفلا يرون ألا يرجع إليهم قولا ولا يملك لهم ضرا ولا نفعا |
| | | ފަހެ، އެ ބުދު އެއުރެންނަށް ޖަވާބެއް ނުދޭކަމާއި، އެއުރެންނަށް ގެއްލުމެއް، އަދި މަންފާއެއް ދިިނުންވެސް އެއަށް މިލްކުވެގެން ނުވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ |
|
2438 | 20 | 90 | ولقد قال لهم هارون من قبل يا قوم إنما فتنتم به وإن ربكم الرحمن فاتبعوني وأطيعوا أمري |
| | | ހަމަކަށަވަރުން، މީގެކުރިން هارون ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެ ގެރި މެދުވެރިކޮށް ތިޔަބައިމީހުން امتحان ކުރެއްވީކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، رحمن ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تبع ވާށެވެ! އަދި ތިމަންކަލޭގެފާނުގެ أمر އަށް ކިޔަމަންވާށެވެ! |
|
2439 | 20 | 91 | قالوا لن نبرح عليه عاكفين حتى يرجع إلينا موسى |
| | | އެއުރެން ދެންނެވޫއެވެ. موسى ގެފާނު ތިމަންމެންގެ ގާތަށް އެނބުރި ވަޑައިގެންފުމަށް ދާނދެން، ތިމަންމެން އެޔަށް އަޅުކަންކުރުންމަތީ ދެމިތިބޭނޫއެވެ. |
|