نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
240 | 2 | 233 | والوالدات يرضعن أولادهن حولين كاملين لمن أراد أن يتم الرضاعة وعلى المولود له رزقهن وكسوتهن بالمعروف لا تكلف نفس إلا وسعها لا تضار والدة بولدها ولا مولود له بولده وعلى الوارث مثل ذلك فإن أرادا فصالا عن تراض منهما وتشاور فلا جناح عليهما وإن أردتم أن تسترضعوا أولادكم فلا جناح عليكم إذا سلمتم ما آتيتم بالمعروف واتقوا الله واعلموا أن الله بما تعملون بصير |
| | | މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ مدة އަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް قصد ކޮށްފި މީހަކަށެވެ. އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ، تكليف އެއް ނުޖައްސަވަތެވެ. މައިމީހާއަށް، އެކަނބުލޭގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، ބަފަޔަކަށްވެސް، އޭނާގެ ދަރީގެ ސަބަބުން ގެއްލުމެއް ދީގެން ނުވާނެތެވެ. އަދި، (ކުއްޖާގެ ބަފާގެ މައްޗަށް لازم ވީ ކަންތައް) ވާރުތަވެރިޔާގެ މައްޗަށްވެސް އެފަދައިން لازم ވެގެންވެތެވެ. ފަހެ، އެ ދެމީހުންގެ ރުހުމާއި، مشورة އާއެކު (ދެއަހަރު ހަމަވުމުގެ ކުރީގައި) ކިރުދިނުން ހުއްޓާލަން قصد ކޮށްފިނަމަ، (އެކަމުގައި) އެ ދެމީހުންގެ މައްޗަަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ދަރިންނަށް އެހެން މީހަކު ލައްވާ ކިރުދިނުމަށް قصد ކޮށްފިނަމަ، ހެޔޮގޮތުގައި އެކަނބަލުންނަށް ދޭންޖެހޭ އުޖޫރައެއް ތިޔަބައިމީހުން އެކަނބަލުންނަށް ދެނީނަމަ، (އެކަމުގައި) ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! |
|
241 | 2 | 234 | والذين يتوفون منكم ويذرون أزواجا يتربصن بأنفسهن أربعة أشهر وعشرا فإذا بلغن أجلهن فلا جناح عليكم فيما فعلن في أنفسهن بالمعروف والله بما تعملون خبير |
| | | އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެކަނބަލުންގެ نفس ތަކާއިގެން ހަތަރުމަހާއި ދިހަދުވަހު (މީހުނާ ނީނދެ) انتظار ކުރާހުށިކަމެވެ! ފަހެ، އެކަނބަލުންގެ عدة ގެ ދުވަސްތައް ފުރިހަމަކޮށްފިނަމަ، شرعى ހަމައިގެމަތިން، އެކަނބަލުންގެ نفس ތަކާމެދު އެކަނބަލުން ކަންތައްކުރި ގޮތެއްގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
242 | 2 | 235 | ولا جناح عليكم فيما عرضتم به من خطبة النساء أو أكننتم في أنفسكم علم الله أنكم ستذكرونهن ولكن لا تواعدوهن سرا إلا أن تقولوا قولا معروفا ولا تعزموا عقدة النكاح حتى يبلغ الكتاب أجله واعلموا أن الله يعلم ما في أنفسكم فاحذروه واعلموا أن الله غفور حليم |
| | | އަދި، (رجعى عدة ފިޔަވައި އެހެން عدة ގައިވާ) އަންހެނުންކުރެން، ތިޔަބައިމީހުން ކާވެނިކުރަން އެދޭކަމުގެ މައްޗަށް ދޭހަވާ ނުވަތަ إشارة ކުރާ ބަހެއް ބުނުމާމެދު، ނުވަތަ، ތިޔަބައިމީހުންގެ ހިތުތެރޭގައި (ކާވެނިކުރުމުގެ قصد) ފޮރުވާފައި ބޭއްވުމާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ފާފައެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އެކަނބަލުން ކުރެން (صريح ކޮށް) ކާވެނިކުރުމަށް އެދޭނޭކަން اللَّه ދެނެވޮޑިގެންވެއެވެ. އެހެނެއްކަމަކު، شرعى ހަމައިގެ މަތިންވާ ބަހެއް ތިޔަބައިމީހުން ބުނުން ފިޔަވައި، އެކަނބަލުންނަށް ކާވެނިކުރުމާމެދު وعد ވެ ނުހަދާހުށިކަމެވެ! އަދި، އެކަނބަލުންގެ عدّة ހަމަވެއްޖައުމަށްދާނދެން، ތިޔަބައިމީހުން (އެކަނބަލުންނާ) ކާވެނި عقد ނުކުރާހުށިކަމެވެ! އަދި، ތިޔަބައިމީހުންގެ نفس ތަކުގައިވާ ކަންތައް ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ! ވީމާ، ތިޔަބައިމީހުން، އެކަލާނގެއަށް ބިރުވެތިވެ ރައްކާތެރިވާށެވެ! އަދި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ حليم ވަންތަ، ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! |
|
243 | 2 | 236 | لا جناح عليكم إن طلقتم النساء ما لم تمسوهن أو تفرضوا لهن فريضة ومتعوهن على الموسع قدره وعلى المقتر قدره متاعا بالمعروف حقا على المحسنين |
| | | ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު، ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިނުވާހާ ހިނދަކު، ތިޔަބައިމީހުން، އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. (ނަމަވެސް) ތިޔަބައިމީހުން، އެކަނބަލުންނަށް مُتعة ދޭށެވެ! (مُتعة އަކީ ވަރިކުރެވޭ އަންހެންމީހާ ހިތްހަމަޖައްސައިލުމަށް ފިރިހެންމީހާގެ ފަރާތުންދެވޭ ބޭނުންތެރި ކޮންމެވެސް އެއްޗެކެވެ.) ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށް واجب ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސް واجب ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ مُتعة އެއްގެ ގޮތުގައެވެ. (ވަރިކުރެވޭ މީހުންނަށް ދިނުން) إحسان ތެރިންގެ މައްޗަށް واجب ވެފައިވާ حق އެއްގެ ގޮތުގައެވެ. |
|
244 | 2 | 237 | وإن طلقتموهن من قبل أن تمسوهن وقد فرضتم لهن فريضة فنصف ما فرضتم إلا أن يعفون أو يعفو الذي بيده عقدة النكاح وأن تعفوا أقرب للتقوى ولا تنسوا الفضل بينكم إن الله بما تعملون بصير |
| | | އަދި، ތިޔަބައިމީހުން އެކަނބަލުންނަށް، ރަނެއް ކަނޑައަޅާފައިވާ حال، އެކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެކަނބަލުންނަށް) ދިނުންހުށްޓެވެ. (އެއީ) އެކަނބަލުން عفو ކުރުމުން މެނުވީއެވެ. ނުވަތަ، ކާވެނީގެ ގޮށް އެމީހެއްގެ އަތުގައިވާ މީހާ عفو ކުރުމުން މެނުވީއެވެ. تقوى ވެރިކަމާ އެންމެގާތްގޮތަކީ، ތިޔަބައިމީހުން عفو ކުރުމެވެ. އަދި، ތިޔަބައިމީހުންގެ މެދުގައި، އެކަކު އަނެކެއްގެ މައްޗަށް އޮންނަންޖެހޭ إحسان ތެރިވުން، ތިޔަބައިމީހުން ހަނދާންނައްތައި ނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. |
|
245 | 2 | 238 | حافظوا على الصلوات والصلاة الوسطى وقوموا لله قانتين |
| | | ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ! |
|
246 | 2 | 239 | فإن خفتم فرجالا أو ركبانا فإذا أمنتم فاذكروا الله كما علمكم ما لم تكونوا تعلمون |
| | | ފަހެ، ތިޔަބައިމީހުންނަށް ބިރުވެރިކަމެއް މެދުވެރިވެއްޖެނަމަ، ފައިމަގުގައި ހިނގަހިނގާތިބެެގެން، ނުވަތަ، ސަވާރުވެތިބެގެން ނަމާދު ކުރާހުށިކަމެވެ! ދެން، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެނަމަ، ފަހެ، ތިޔަބައިމީހުން، اللَّه ހަނދުމަކުރާށެވެ! (އެބަހީ: ކުރީގައި ނަމާދުކޮށް އުޅުނުގޮތަށް ނަމާދު ކުރާށެވެ!) ތިޔަބައި މީހުންނަށް އެނގިގެންނުވާ ކަންތައް، އެކަލާނގެ ތިޔަބައިމީހުންނަށް އުނގަންނައިދެއްވި ފަދައިންނެވެ. |
|
247 | 2 | 240 | والذين يتوفون منكم ويذرون أزواجا وصية لأزواجهم متاعا إلى الحول غير إخراج فإن خرجن فلا جناح عليكم في ما فعلن في أنفسهن من معروف والله عزيز حكيم |
| | | ތިޔަބައިމީހުންގެ ތެރެއިން އަނބިން ދޫކޮށް މަރުވެދާ މީހުން، އެއުރެންގެ އަނބިން (ގެއިން) ނެރެލުމަކާނުލައި، އަހަރުދުވަހަށް ދާނދެން (ކެއިންބުއިމާއި ފޭރާމުގެގޮތުން) ބޭނުންކުރާނޭ އެއްޗެއް، އެއުރެންގެ އަނބިންނަށް ދިނުމަށް وصية ކުރާހުށިކަމެވެ! ފަހެ އެކަނބަލުން (ގެއިން) ނުކުމެއްޖެނަމަ، (ދަންނާށެވެ!) شرعى ހަމައިގެމަތިން އެކަނބަލުންގެ نفس ތަކާމެދު އެކަނބަލުން ކުޅަކަމެއްގައި ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. اللَّه އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (ނޯޓު: މި آية ގައިވާ وصية އާއި، ހުވަފަތްވެފައިވާ އަންހެނާ، ގެއިންނުނެރެ އަހަރުދުވަސްވަންދެން ބޭންދުމުގެ حكم ވަނީ نسخ ވެފައެވެ.) |
|
248 | 2 | 241 | وللمطلقات متاع بالمعروف حقا على المتقين |
| | | ވަރިކޮށްފައިވާ އަންހެނުންނަށް އެކަށީގެންވާ ހެޔޮގޮތުގައި نفقات ދިނުން ހުށްޓެވެ. تقوى ވެރިންގެ މައްޗަށްވާ حق އެއްގެ ގޮތުގައެވެ. |
|
249 | 2 | 242 | كذلك يبين الله لكم آياته لعلكم تعقلون |
| | | اللَّه، އެކަލާނގެ آية ތައް، ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަނީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. |
|