نتائج البحث: 6236
|
ترتيب الآية | رقم السورة | رقم الآية | الاية |
2377 | 20 | 29 | واجعل لي وزيرا من أهلي |
| | | އަދި ތިމަންކަލޭގެފާނުގެ أهل ވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ! |
|
2378 | 20 | 30 | هارون أخي |
| | | (އެއީ) ތިމަންކަލޭގެފާނުގެ أخ هارون ގެފާނެވެ. |
|
2379 | 20 | 31 | اشدد به أزري |
| | | އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ! |
|
2380 | 20 | 32 | وأشركه في أمري |
| | | އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ: رسول ކަމާއި، އެކަން تبليغ ކުރެއްވުމުގެ مسـئولية ގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ! |
|
2381 | 20 | 33 | كي نسبحك كثيرا |
| | | އަޅަމެން އިބަރަސްކަލާނގެއަށް ގިނަގިނައިން تسبيح ދެންނެވުމަށްޓަކައެވެ. |
|
2382 | 20 | 34 | ونذكرك كثيرا |
| | | އަދި ގިނަގިނައިން އަޅަމެން އިބަރަސްކަލާނގެ ހަނދުމަކުޅައުމަށްޓަކައެވެ. |
|
2383 | 20 | 35 | إنك كنت بنا بصيرا |
| | | ހަމަކަށަވަރުން، އަޅަމެންނާމެދު މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި އިބަރަސްކަލާނގެ ވޮޑިގެންވަމުއެވެ. |
|
2384 | 20 | 36 | قال قد أوتيت سؤلك يا موسى |
| | | އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ދެއްވައިފިއެވެ. |
|
2385 | 20 | 37 | ولقد مننا عليك مرة أخرى |
| | | އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް އެހެންފަހަރަކު ދަރުވަމަންތަވެ ވޮޑިގެންވީމެވެ. |
|
2386 | 20 | 38 | إذ أوحينا إلى أمك ما يوحى |
| | | إلهام ކުރައްވާ އެއްޗެއް ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މަންމާއަށް إلهام ކުރެއްވިހިނދެވެ. |
|